ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރުކަމަށްވާ ޑރ. މުހައްމަދު އިޔާޒާއި މަގުމަތިން ބަޔަކު ދިމާކުރިކުރުން އަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ.
އަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ.އިޔާޒާ މަގުމަތިން ދިމާކޮށް، އިސްލާމުން އެކަކު އަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުޚާތަބުކޮށްފައިވާކަމަށެވެ. އަދި އެއީ ޕީޕީއެމް-ޕީއެންސީން ހިންގި ދަށު ދަރަޖައިގެ ހުތުރު އަމަލެއްކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށްވެސް އިޔާޒު ވިދާޅުވެފައިވެއެވެ.
އަލީ ނަޒީރު ވިދާޅުވީ މިއަމަލުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ޤާނޫނުތަކާއި އަދި އާންމު އަޚުލާގީ މިންގަނޑާ ޚިލާފު ކަންކަން ކުރުވާކަންކަމަށެވެ. އަދި މިފަދަ ހުތުރު ޢަމަލުތަކުގެ ސަބަބުން އަދާލަތުގެ ޢިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެކަމަށްވެސް ނަޒިރު ވިދާޅުވިއެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި އިޔާޒު ސައިކަލުގައި ވަޑައިގަންނަވަނިކޮށް މާފަންނު ސޯޝަލް ސެންޓަރު ކައިރިން ބަޔަކު މީހުން އޭޭނާއާ ދިމާލަށް އެއްޗެހި ގޮވަމުން އޭނާ ފަހަތުން ދުވަމުންދިޔަ މަންޒަރު ފެނެއެވެ. އަދި އެމީހުން ކައިރިން ސަލާމަތްވާ އިޔާޒު އަވަހަށް އެތަނުން ވަޑައިގަންނަވައެވެ.
މިއީ ރާއްޖޭގެ މުޖްތަމައުން ފެނިގެންވާނެ މަންޒަރުތަކަކަށް ނުވިޔަސް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކޮންމެ ޕާޓީއެއް އޮތަސް މިފަދަ މަންޒަރުތައް ފެންނަކަމީ ހަޤީޤަތެކެވެ. އެކި ވެރިކަންތައް ހިނގިއިރު، އެ ވެރިކަމަށް ނިސްބަތްވާ ބައެއްގެ ފަހަރުން އޮށްގާ އުކަމުން ހަޅޭލަވަމުންދުވުމަކީ މިޙާރު އާދައަކަށްވެއްޖެއެވެ.

ޢަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނ. ރައީސް ޑރ އިޔާޒާ މަގުމަތިން ދިމާކޮށް، އިސްލާމުން އެކަކުއަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުޚާތަބުކޮށް ޕީޕީއެމް-ޕީއެންސީއިން ހިންގި ދަށުދަރަޖައިގެ ހުތުރު އަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން
— Ali Nazeer (@alynazeer) June 14, 2023
ވީޑިއޯތަކުން ފެންނަ ގޮތުގައި އިޔާޒު ސައިކަލުގައި ވަޑައިގަންނަވަނިކޮށް މާފަންނު ސޯޝަލް ސެންޓަރު ކައިރިން ބަޔަކު މީހުން އޭޭނާއާ ދިމާލަށް އެއްޗެހި ގޮވަމުން އޭނާ ފަހަތުން ދުވަމުންދިޔަ މަންޒަރު ފެނެއެވެ. އަދި އެމީހުން ކައިރިން ސަލާމަތްވާ އިޔާޒު އަވަހަށް އެތަނުން ވަޑައިގަންނަވައެވެ.
މިއީ ރާއްޖޭގެ މުޖްތަމައުން ފެނިގެންވާނެ މަންޒަރުތަކަކަށް ނުވިޔަސް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކޮންމެ ޕާޓީއެއް އޮތަސް މިފަދަ މަންޒަރުތައް ފެންނަކަމީ ހަޤީޤަތެކެވެ. އެކި ވެރިކަންތައް ހިނގިއިރު، އެ ވެރިކަމަށް ނިސްބަތްވާ ބައެއްގެ ފަހަރުން އޮށްގާ އުކަމުން ހަޅޭލަވަމުންދުވުމަކީ މިޙާރު އާދައަކަށްވެއްޖެއެވެ.
ކިޔުންތެރިންގެ ހިޔާލު