މާލޭ ސިޓީގެ އާއްމު ބިންތައް ކުއްޔަށް ދިނުމުގެ ކުރިން ސިޓީ ކައުންސިލްގެ އާއްމު ޖަލްސާއަކުން ފާސްކުރަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ފާސްކުރީ ކައުންސިލްގައި ހިމެނިވަޑައިގެންނަވާ 3 މެމްބަރަކު މި ހަފްތާގައި ކައުންސިލަށް ހުށަހެޅުއްވި ހުށަހެޅުއްވުމަކާއި ގުޅިގެނެވެ.
މާލެ ސިޓީގައި ހުންނަ އާއްމު ހުސް ބިންތައް އެކި ބޭނުންތަކަށް ކުއްޔަށް ދޫކުރަނީ 3 މެމްބަރުންގެ ކޮމިޓީއަކުންނެވެ.
މިކަމާއި ގުޅިގެން ކައުންސިލްގެ 3 މެމްބަރަކު ހުށަހެޅުއްވި ހުށަހެޅުއްވުމުގައި ބުނެފައި އާންމު ހުސް ޖާގަތަކާއި، ޕާކާއި، މަގުތަކާއި، ބިން ވަކިކަމަކަށް ބޭނުންކުރުމަށްް ކަނޑައެޅުމާއި އެތަންތަނަށް ބަދަލުގެނައުމަށް ގޮތް ނިންމުމުގައި މިހާރު އަމަލުކުރާ އުސޫލު އޮތް ގޮތުން ކޮރަޕްޝަނަށް މަގުފަހިވާކަމަށެވެ. އަދި އެފަދަ ކަންކަން ފާސްކުރަން ޖެހޭނީ ކައުންސިލުގެ އާންމު ޖަލްސާގައި ދުރާލައި އެޖެންޑާ ކޮށްގެން، ކައުންސިލުގެ އަގުލަބިއްޔަތު އެއްބަސްވާ ވޯޓަކުންކަމަށް އެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
ގަލޮޅު މެދު ދާއިރާގެ ކައުންްސިލަރު ރީހާން ނާޒިމްް އާއި ގަލޮޅު ހުޅަނގު ދާއިރާގެ މެންބަރު ނާޒިމާ މުހައްމަދު ފާއިޒް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފްް ފާތިހު ހުށަހެޅުއްވި މި ހުށަހެޅުން ވަނީ ކައުންސިލްގެ އަޤްލަބިއްޔަތުން ފާސްކޮށްފައެވެ.
މާލެ އެކި ސަރަހައްދުތަކުން ޕާކިން ޒޯން ހެދުމަށާއި އެކިއެކި ބޭނުންތަކަށް މީޙުންނަށް ބިންތައް ދޭ އުސޫލާއި މެދު ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަަދި ޕްރައިވެޓް ޕާކިން ޒޯން ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް ހުރިކަންވެސް ބައެއް މީހުން ދިޔައީ ފާހަގަކުރަމުންނެވެ. ނަމަވެސް ކައުންސިލުން މިހާތަނަށް އެކަމާއި އޮތީ ފިޔަވަޅެއް ނާޅައެވެ.

ކިޔުންތެރިންގެ ހިޔާލު