ބޮޑު އީދުގެ ބަންދަށް ފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަސްމީކޮށް އަތޮޅުތަކަށް ދަތުރުތައް ފައްޓަވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ބުނީ ރައީސްގެ އަމާޒަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ އިންތިހާބުގެ ކުރިން ކެމްޕޭންގެ ތެރެއިން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރެއްވުން ކަމަށެވެ. ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގެ ތެރޭގައި ވެސް ރައީސް އެކި އަތޮޅުތަކަށް ވަޑައިގެން ވަނީ ކެމްޕޭން ހަރަކާތްތަށް ކުރިއަށް ގެންދަވާފައެވެ.
އެމްޑީޕީން ބުނީ މިދިޔަ މަހުން ފެށިގެން އެ ޕާޓީން އަންނަނީ ވަރަށް ފޯރީގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކެމްޕޭން ހަރަކާތްތައް ހިންގަމުން ކަމަށެވެ. އެގޮތުން ދޮރުންދޮރަށް ހިނގުމާއި ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރުމާއި ޕާޓީ އަށް މެމްބަރުން އިތުރުކުރުން ފަދަ ކަންކަން ކުރަމުންދާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ބަލި ކުރެއްވުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު