ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރަސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށާއި މަދަރަސީ ހަޔާތުގެ 10 އަހަރަށްވުރެ 12 އަހަރު ހުރިހާ ގޮތަކުން ވެސް މުހިއްމު ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އޭނާގެ ނަޒަރުގައި ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ. ކޮންމެ ދާއިރާއަކުން ކުރިއަށްދާން ބޭނުންކަމުގައި ވިއަސް އެ ދެއަހަރު ސްކޫލު މާހައުލުގައި ދަރިވަރު ހޭދަކުރުމަކީ ހުރިހާ ގޮތަކުން ބެލިޔަސް ދަރިވަރަށް ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
"އެ ދެ އަހަރުތެރޭގައި ދަރިވަރަށް އޭނާ ކިޔަވަން ބޭނުންވާ ދާއިރާއިން އިތުރަށް މައުލޫމާތު ލިބިގެންދާނެ. އޭނަ ހެދިބޮޑުވުމަށް އިތުރަށް ވަގުތު ލިބިގެންދާނެ. މީހުންނާއި މުއާމަލާތްކުރުމާއި އެ އުމުރުފުރާގައި އެ ދިމާވާ ކަންތައްތައް ތަޖުރިބާ ކުރުމާއި އެކަންތައްތަކުގައި ހެޔޮގޮތުގައި ކުރިއަށް ގެންދިއުމާއި މި ހުރިހާކަމެއްގެ ތަޖުރިބާ، އަދި އަޅާލާ އޯގާތެރި ވެއްޓެއްގައި ލިބުން މުހިއްމު. ދަރިވަރުންނަށް އަމިއްލައަށް އުނގެނުމަށް މަޖުބޫރުކުރުވާ މުގައްރަރެއް އޭލެވެލް މުގައްރަރަކީ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލާ ސްކޮލަޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ އޭލެވެލް އޮވެގެންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ އޭލެވެލް އޮވެއްޖެނަމަ ދުނިޔޭގެ ކޮންމެ ޔުނިވާސިޓީއަކުން ކޮންމެ އެއްޗެއް ކިޔެވުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް އެންމެ ރަނގަޅަށް މަތީތައުލީމާއި މަސައްކަތުގެ ތައުލީމާއި ހުނަރު ދެވޭނެ ގޮތަކީ ކޮބައިތޯ ވިސްނާލުން މުހިއްމު ކަމަށާއި ދަރިންނަށް ހޯދައިދޭން ބޭނުންވާ ކާމިޔާބީއާ އެ ދަރިންގެ ގައިގައި އަށަގަންނަވަން ބޭނުންވާ ހުނަރުތަކަކީ ކޮބައިތޯ އަޅުގަނޑުމެން އަމިއްލަ ނަފްސާ އެބަ ސުވާލުކޮށްލަންޖެހޭ ކަމަށެވެ. އަދި ކާމިޔާބު މީހަކަށްވުމަށްޓަކައި މައިގަނޑު ދެ ސިފައެއް ހުންނަން ޖެހޭކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ކުރިއަށްދާން ބޭނުންވާ ރޮނގަކުން އެކަށީގެންވާ މިންވަރަށް ތައުލީމާއި ހުނަރު ލިބިފައި ހުރުމަކީ ވެސް ކާމިޔާބު މީހަކަށްވުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު