ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެއަށް ތަރައްގީގެ ގޮތުން ބަދަލުތަކެއް އައިސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވެވަޑައިގަންނަވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ތާރީހަށް ބަލާއިރު އެއްވެސް ވަރެއް ނުވެ މާޒީވެ ދިޔަ ގިނަ ވެރިކަންތައް ރައްޔިތުން ދެކެފައިވާ ކަމަށެވެ. އަދި ކޮންމެވެސް ވަރެއް ކުރެވުނު ވެރިކަންތަކާއި، ވަކިވަކި ދިމާތަކަށް ހާއްސަ ކުރެވިގެން ވެރިން ވެރިކަން ކުރި ޒަމާންތަކެއް ރާއްޖެ ދެކެފައިވާ ކަމަށް ރާއީ ވިދާޅުވިއެވެ.
"އެހެންވީމަ އަޅާކިޔާލަންވީ އަދި ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ވޯޓު ދޭއިރު ވިސްނާލަންވީ މާޒީގައި މި ދެންނެވި ކަންކަމާއި ވެރިކަންކުރި ވެރިންނާއި މިއަދުގެ ރައީސްގެ ވެރިކަމުގައި މުޅި ރާއްޖެއަށް އަންނަމުން ބަދަލުތަކާ މެދު." މަކުުނުދޫ ދާއިރާގެ މެމްބަރު ރާއީ ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ސާލިހު ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ތަރައްގީ ގެނައުމުގައި ކުޑަ ރަށެއް ބޮޑުރަށެއް ތަފާތު ނުކުރަށްވާނެކަމަށެވެ. އެގޮތުން ރައީސް ސޯލިހް ވެރިކަމުގައި އެމަނިކުފާނު ވަނީ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ވައުދުވެވަޑައިގެންފައެވެ. އަދި ރަށްރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަން ހައްލު ކޮށްދިނުމާއެކު ބިން ހިއްކުމާއި މަގުހެދުން ފަދަ ބޮޑެތި މަޝްރޫއު ތަކާއެކު ގިނަ ރަށްރަށުގައި މިހާރު ވެސް ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ނިންމާފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއިދުކޮށް އެމަނިކުފާނު ވެރިކަމަަށް ގެނައުމަށް އަދާލަތު ޕާޓީ އާއި ސަން ސިޔާމްގެ އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު 9 ގައެވެ.

އެއްވެސް ވަރެއްނުވެ މާޒީވެ ދިޔަ ގިނަ ވެރިކަންތަކާއި، ކޮންމެވެސް ވަރެއްވި ކުރެވުނު ވެރިކަންތަކާއި، ވަކިވަކި ދިމާ ތަކަށް ހާއްސަ ކުރެވިގެން ވެރިން ވެރިކަން ކުރި ޒަމާންތަކެއް ރާއްޖޭގެ ދެކެފިއެވެ.
— Mohamed Raee / Makunudhoo Constituency (@Mraee12) June 13, 2023
އަޅާ ކިޔާލަންވީ އަދި ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައ ވޯޓް… pic.twitter.com/ujAxM4BkFq
"އެހެންވީމަ އަޅާކިޔާލަންވީ އަދި ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ވޯޓު ދޭއިރު ވިސްނާލަންވީ މާޒީގައި މި ދެންނެވި ކަންކަމާއި ވެރިކަންކުރި ވެރިންނާއި މިއަދުގެ ރައީސްގެ ވެރިކަމުގައި މުޅި ރާއްޖެއަށް އަންނަމުން ބަދަލުތަކާ މެދު." މަކުުނުދޫ ދާއިރާގެ މެމްބަރު ރާއީ ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ސާލިހު ވިދާޅުވަމުން ގެންދަވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ތަރައްގީ ގެނައުމުގައި ކުޑަ ރަށެއް ބޮޑުރަށެއް ތަފާތު ނުކުރަށްވާނެކަމަށެވެ. އެގޮތުން ރައީސް ސޯލިހް ވެރިކަމުގައި އެމަނިކުފާނު ވަނީ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ވައުދުވެވަޑައިގެންފައެވެ. އަދި ރަށްރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަން ހައްލު ކޮށްދިނުމާއެކު ބިން ހިއްކުމާއި މަގުހެދުން ފަދަ ބޮޑެތި މަޝްރޫއު ތަކާއެކު ގިނަ ރަށްރަށުގައި މިހާރު ވެސް ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ނިންމާފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއިދުކޮށް އެމަނިކުފާނު ވެރިކަމަަށް ގެނައުމަށް އަދާލަތު ޕާޓީ އާއި ސަން ސިޔާމްގެ އެމްޑީއޭއިން ވަނީ ކޯލިޝަން ހަދާފައެެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު 9 ގައެވެ.
ކިޔުންތެރިންގެ ހިޔާލު