މަޖިލިސް ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކޮށް ގާނޫނީ ފިޔަވަޅު އެޅިގެން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި މުހިންމު ކަންތައްތަކެއް އެޖެންޑާކޮށްފައިވެއެވެ. އެގޮތުން ދާއިމީ ކޮމިޓީތައް ހުއްޓިފައިވާ މައްސަލަ ހައްލުކުރުމާއި، ސަރުކާރުން ފޮނުވާފައިވާ މުހިންމު ބިލްތަކެއްގެ މައްސަލަ ހިމެނެއެވެ. ނަމަވެސް އިދިކޮޅުން މަޖިލީހުގެ ނިޒާމް ގެއްލުވާލަން ރިޔާސަތުން ފުރުސަތު ދީގެން މަޖިލިސް ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.
މަޖިލީހުގެ ޖަލްސާ ފެށިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ޖަލްސާ މެދުކަނޑާލުމާއެކު، މެންބަރު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލިސް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ނަޝީދުގެ މައްޗަށް ދައުވާކޮށް ގާނޫނީ ފިޔަވަޅު އެޅުން ނޫން ގޮތެއް ނެތް ކަމަށެވެ. އަދި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވެސް ޖަލްސާތައް ކުރިަށް ގެންދެވުމަށް ގަސްތު ނުކުރައްވާ ކަމަށާއި، އެކަމުވެ ނިޔަތެއް ވެސް ނެތް ކަމަށެވެ.
މަޖިލީހުގެ ނިޒާމް ގެއްލި މަޝްވަރާ އަށް މަޖިލިސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް މަޖިލިސް ޖަލްސާ ދެން ފެށޭނެ އިރެއް ރިޔާސަތުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު