ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ހޫނުވެ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވިއިރު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީީފެވެ.
މިއަދުގެ ޖަލްސާގައި އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ ކޮމިޓީތަކަށް މެމްބަރު އަލުން ހަމަޖައްސައި ކޮމިޓީތައް އެކުލަވާ ލުމާ ގުޅޭ މައްސަލަ އެވެ.
އެހެން ނަމަވެސް ރިޔާސަތުން ފުރުސަތު ދެއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުއްލި މައްސަލަ އެއް ހުށައެޅުއްވުމަށެވެ. އެކުއްލި މައްސަލަ ހުށައެޅީ ސަރުކާރުން ބިލިއަނުން ކުންފުނިތަކަށް ބަދަލު ދިން މައްސަލައިގައި، ބަދަލުދިން އަދަދުގެ ތަފްސީލާއި ބަދަލު ދިން ހުރިހާ ކުންފުނިތަކެއްގެ ނަންތައް ހާމަ ކުރުމަށް ގޮވާލައެެވެ.
އާދަމް ޝަރީފް ކުއްލި މައްސަލަ ހުށައަޅުއްވަމުން ގެންދެވި ވަގުތު މެމްބަރުން ގެންދެވީ ތަޅުމުގައި އަޑުގަދަ ކުރަައްވަމުންނެެވެ. އެއާއެކު މަޖިލީހުގެ އެކި މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެއްޓެވިއެވެ.
އެގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ ނުކުތާ ނަންގަވައި ވިދާޅުވީ ކޮމިޓީތައް ބެހުމަށް އެމްޑީޕީން ކަނޑައަޅާފައިވާ ގޮތަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.
އެ މައްސަލައިގައި ރިޔާސަތު ބެލެހެއްޓެވި އަފީފް ވިދާޅުވީ ކޮމިޓީތަކާ ގުޅޭ ނިޒާމީ ނުކުތާ ނަންގަވަން ޖެހޭނީ އެ މައްސަލަ ހުށަހެޅުމުން ކަމަށާއި މިއަދުގެ އެޖެންޑާގައި ވެސް އެ މައްސަލަ އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާއެކު މަޖިލީހުގެ މެމްބަރުން އަޑުގަދަ ކުރަށްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި މަޝްވަރާ ކުރަން ނިންމާފައިވާކަން ހާމަކުރަށްވައި ޖަލްސާ މެދުކަނޑާލި ކަން އިއުލާން ކުރަށްވާފައެވެ.
މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި އެކު މަޖިލީހުގައި މަރުތަޅު އެޅުވި މަޖިލިސް ކުރިއަށް ނުގެންދެވޭތާ ދެ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު