އިތުރު ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަންއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ކުރިއެރުންތަކެއް ލިބިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖޭގެ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގެ ހަތަރުވަނަ ސެޝަނަށްފަހު ނެރެފައިވާ ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައެވެ.
ރާއްޖެއާއި އީ.ޔޫއިން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި އީ.ޔޫގެ މެމްބަރު ޤައުމުތަކަށް އިތުރު ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން ރާއްޖެއާއި އީ.ޔޫއިން މަޝްވަރާކޮށްފައިވެއެވެ. އަދި، އީ.ޔޫއަށް ވިސާއާ ނުލައި ދަތުރުކުރެވޭ ޤައުމުތަކުގެ ލިސްޓު ދެން އެންމެ އަވަހަށް ރިވިއު ކުރާއިރު ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް އީ.ޔޫއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު އީ.ޔޫއިން ގޮތެއް ނިންމާނެކަމަށް ޖޮއިންޓް ޕްރެސްގައި ފާހަގަކޮށްފައިވެއެވެ.
މިއަދު ކުރެވުނު މަޝްވަރާތަކުގައި އީ.ޔޫއާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި މިހާރަށްވުރެ ބޮޑަށް އީ.ޔޫއާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު