މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ލައްކައަަކަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓަރ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބަށް އިލެކްޝަން ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލާން ބޭނުން ފަރާތްތަކުން ރީ ރެޖިސްޓަރ ކުރަންޖެހޭނީ ފޯމުން އޮންލައިންކޮށް އަމިއްލައަށް ކަމަށެވެ. އެގޮތަަށް ރީ ރެޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކުން އެކޮމިޝަނަށް ފޯމް ހުށައަޅައިގެން ރީ ރެޖިސްޓަރ ކުރެވޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެހެން އިންތިހާބުތަކުގައި ވޯޓްލުމަަށް ރީ ރެޖިސްޓަރ ކޮށްފައި އޮތް ނަމަވެސް ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުން މިހާރު އޮންނަނީ ރަށްވެހިވެފައިވާ ރަށަށް ބަދަލުވެފައި ކަމަށާއި އެމީހެއްގެ ރަށްވެހި ވެފައިވާ ރަށުގެ ވޯޓްލެވޭ މީހުންގެ ލިސްޓުގައި އެމީހެއްގެ ނަންއޮތްތޯ އަމިއްލައަށް ޗެކްކޮށްލުން މުހިންމު ކަމަަށް ފުއާދު ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބުގައި 282000 މީހުންނަަށް ވޯޓްލާއިރު 100000 އަށްވުރެ ގިނަ މީހުން ރީ ރެޖިސްޓަރ ކުރަންޖެހޭނެ، ރީ ރެޖިސްޓަރ ކުރާނެ، އެކި ރަށްރަށުގައި ރަޖިސްޓްރީ ވެފައި ތިބި ބޭފުޅުން މާލޭގައި ނުވަތަ އެހެން ރަށެއްގައި ވޯޓްލުމަށް ރީ ރެޖިސްޓަރ ކުރާނެ،" ފުއާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ. އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަންޖެހޭނަމަ ދެވަނަ ބުރެއް ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހުއެެވެ.

ކިޔުންތެރިންގެ ހިޔާލު