ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ 2 ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރިއަށްދަނީ ފޭސް 2 ވަގުތީ ފުޓްސަލް ދަނޑު ހުރި ސަރަހައްދުގައި ކަމަށެވެ. މިމަސައްކަތް ޔޫތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ ޒެބޮކް ކުންފުންޏާއެވެ.
ޒަމާނީ ފެންވަރުގެ ދެ ފުޓްސަލް ދަނޑު ތަރައްޤީ ކުރަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ 4.2 މިލިއަން ރުފިޔާއަށެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ 55 ދުވަހުގެ ތެރޭ ނިންމުމަށް ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.
އާބަންކޯއިން ބުނީ، ހުޅުމާލޭ ފޭސް 2 ހިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް މިހާރު ދިރިއުޅެމުން ދާއިރު، މި ސަރަހައްދުގައި ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރާއި އެކުންފުންޏާއި ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މި ދަނޑުތައް އެޅުމުން އެސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު