ރާއްޖެއިން މިއަަހަރު ޙައްޖަށްދިޔަ ހައްޖުވެރިންގެ ފުރަތަމަ ޤްރޫޕް މިހާރު ތިބީ މައްކާގައިކަމަށާއި، އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއިން އިއްޔެ ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގައި ހިމެނެނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ތެރެއިން 295 މީހުންނެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ މައްކާގައި ތިިބި އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ބާކީ ގްރޫޕްތައް ފުރާނީ މިމަހުގެ 16ވާ ހުކުރު އަދި 19ވާ ހޯމަދުވަހުއެވެ.



މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ރައީސް ފައިޞަލް ނަސީމްއެވެ.

ސައުދީގައި ތިބިި ހައްޖުވެރިންގެ ހާލު އަދި އެމީޙުންނަށް ހަމަޖައްސާފައިވާ އިންތިޒާމްތައް ޙައްޖު މިޝަނުން ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަދީފައިވާ 3 ގުރޫޕްގެ ތެރެއިން ސިސިލްފަރު ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 90 މީހުން މިއަދުވަނީ ފުރާފައެވެ. ހަރަމައިން ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 87 މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މަނާސިކް ގުރޫޕްގެ ހަވާލުގައި ހައްޖަށްދާ 85 މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށް އެ ގުރޫޕުން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު