ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލިސްތައް ދިވުލައިގެންދާތީ އެއީ އަނިޔާވެރިވުން ކަމަށްބުނެ އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން މިއަދު ކުއްލިގޮތަކަށް ރައީސް އޮފީހަށް ވަޑައިގެނަފިއެވެ.
އިދިކޮޅުން ރައީސް އޮފީހަށް ދިޔައީ ރައީސް ޔާމިންގެ ޝަރީއަތާއި ގުޅޭ ކަންބޮޑުވުންތައް ރައީސް އޮފީހާއި ހިއްސާ ކުރުމަށް ކަމަށް ބުނެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ބާރު ސްޕީޑެއްގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ އާއި ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމިނަށް ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށާއި އެކަމަށް ދިވެހި ރައްޔިތުން މާފު ނުކުރާނެ ކަަމަށެވެ. ޔާމީންގެ ޝަރީއަތްތައް އަވަސް އަރުވާލައިގެން ކުރިއަށް ގެންދަނީ އެމަނިކުފާނުގެ ވަކީލުންނާއި ވެސް ބައްދަލުކުރުމުގެ ފުރުސަތެއް ވަގުތެއް ވެސް ނުދީ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުގައި ވެސް ފުރަތަމަ ކުރިއަށް ގެންދަން ޖެހޭނީ ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ކަމަށެވެ. ޔާމިނަށް އަނިޔާކުރަނީ މުޅި ނިޒާމް ގުޅިގެން ކަމަށާއި އެކަން ދައުލަތުގެ މިނިވަން މުވައްސަސާ ތަކަށް ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އިއްޔެ ވެސް 13 ގަޑިއިރު ވަންދެން ރައީސް ޔާމިން މައްސަލަ ކުރިއަށް ގެންދިޔަ، މިއަދު ވެސް ހެނދުނު ފެށިގޮތަށް ޝަރީއަތް ކުރިއަށް އެ ގެންދަނީ، 23 ފެބުރުއަރީގައި ރައީސް ޔާމިންގެ މައްސަލަ އިސްތިއުނާފްކޮށްފި، އަދި ބޭއްވީ އެންެމެ އަޑުއެހުމެއް. މިއަދު މީ ޖޫން 13. މިވަރަށް އިންސާނަކަށް އަނިޔާވެރިވާނީ މިއީ ސީދާ ނިޒާމުން ދޭ އަނިޔާއެއް." ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޔާމިނަށް އަނިޔާ ކުރާކަމަށް ބުނެ ރައީސް އޮފީސް ހުންނަ ސަރަހައްދަށް އިދިކޮޅުގެ ބައެއް ސަޕޯޓަރުން އެއްވެ ވަނީ މުޒާހަރާކޮށްފައެވެ. ސިފައިން ވަނީ ވެލާނާގެ ކައިރީގައި ބެރިކޭޑު ޖަހައި، ޔާމީންގެ ސަޕޯޓަރުން އެ ސަރަހައްދުން ދުރަށް ޖައްސަން މަސައްކަތްކޮށްފައެވެ. އެ މުޒާހަރާ އިން ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށް ލައިގެން ޝަރީއަތް ހިންގިއިރު ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު، ރައީސް މައުމޫންގެ ޝަރީއަތް ރޭގަނޑުގެ ތިން ދަންފަޅި ނިމިދާންދެން ޝަރީއަތް ހިންގާފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު