ބޮޑު އީދު ދުވަހާއި ގުޅުވައިގެން ހާއްސަ މިއުޒިކް ޝޯވްއެއް ކުރިއަށްގެންދިއުމަށް ނިއުރޭޑިއަންޓު ސްޕޯޓްސް ކްލަބުން ނިންމައިފިއެވެ.

މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބޮޑު އީދު ދުވަހާއި ވަޅު އީދު ދުވަހުއެވެ.

ނިއުރޭޑިއަންޓުގެ ވައިސް ޗެއަރމަން މުހައްމަދު ޔޫސުފް ރަސް އޮންލައިނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހަރަކާތުގެ އަމާޒަކީ ކްލަބަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުންކަމަށެވެ. އެގޮތުން ތިން ގިންތިއަކަށް ބަހާލައިގެން ތިން އަގެއްގައި މިއުޒިކް ޝޯވްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ނިއުގެ ވައިސް ޗެއަރމަން ހާމަކުރެއްވިއެވެ.

މިއުޒިކް ޝޯވް ބަލާލަން ޓިކެޓް ގަތުމަށް 7778498، 9534191، 9879999، އަދި 7529500 ނަންބަރާ ގުޅާލެއްވުމަށް ނިއުރޭޑިއަންޓް ކްލަބުން އެދެއެވެ. އަދި މި ޝޯވްގެ ޓިކެޓް ވިއްކުމުގެ ހަރަކާތްތަކެއް މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި، ކުރިއަށް އޮތް ހުކުރު ދުވަސްތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިޝޯވްގެ ޓިކެޓެއްގެ އަގު އުޅެނީ 150 ރުފިޔާ، 250 ރުފިޔާ އަދި 500 ރުފިޔާ އަށެވެ.

ބޮޑު އީދު ދުވަހާއި ގުޅުވައިގެން ކުރިއަށްދާ މި ހާއްސަ މިއުޒިކް ޝޯވް ކުރިއަށްދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ރޭގަނޑު 9:00 އިން 12:00 އަށެވެ. މި ޝޯވްގެ ހާއްސަ ފަންނާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ މަޝްހޫރު ލަވަކިއުންތެރިޔާ ނަކުލް ކުމާރު ބިސްވާސްގެ ރީތި ލަވަތަކެއް ފެނިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު