ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިތުރުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 54 މެންބަރުންގެ ސޮއާއެކު މި މަހުގެ 7 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ސޮއިކުރީ އެމްޑީޕީގެ 50 މެންބަރުންނާއި އިތުރު 4 މެންބަރުންނެވެ.
މަޖިލީހުގެ އިދާރާއިން ނަޝީދަށް، އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވާފައިވަނީ އިއްޔެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ލިބުމުން، އެކަމުގެ ނޯޓިސް މަޖިލީހުގެ ރައީސާއި މެންބަރުންނަނަށް ބަންދު ނޫން ތިން ދުވަސް ތެރޭގައި ދޭންޖެހެއެވެ. ގަވާއިދުގައި އޮންނަ ގޮތުން، ނޯޓިސްގެ ތާރީހުން ފެށިގެން 14 ދުވަސް ހަމަވުމުން، ޖެހިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހަކަށް މައްސަލަ އެޖެންޑާ ކުރަން ޖެހެއެވެ.
މައްސައިގެ ނޯޓިސް އިއްޔެ ފޮނުވުމާއެކު، 14 ދުވަސް ހަމަވެ، ބަންދު ނޫން ދުވަހަކާ ދިމާވާނީ މި މަހުގެ 25 ވަނަ ދުވަހެވެ. ނަމަވެސް އަޟްހާ އީދާއި ގުޅިގެން މި މަހުގެ 35 އިން ފެށިގެން 3 ދުވަސް ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އަދި އީދު ބަންދަށް ފަހު ދެން ރަސްމީ ދުވަހެއް އަންނާނީ ޖުލައި މަހުގެ 2 ވަނަ ދުވަހެވެ.
އެހެންކަމުން ނަޝީދުގެ މައްސަލަ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެޖެންޑާ ކުރެވޭނެކަމާ މެދު ސުވާލު އުފެދެއެވެ. ކަން މިހެން އޮތް ނަމަވެސް އެމްޑީޕީގެ ޕީޖީ އިން ބުނެފައިވަނީ މަޖިލިސް ޗުއްޓިއަށް ދާނީ މަޖިލީހުގައި ހުރި މުހިންމު މަސައްކަތްތައް ނިންމާފައި ކަމަށެވެ. އަދި އެކަމަށް ވަކި ގޮތެއް މަޖިލީހުގެ އިދާރާއިން ނިންމާފައި ނުވެއެވެ.
މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ނިމޭނީ މި މަހުގެ ނިޔަލަށެވެ. އަން ތިންވަނަ ދައުރު ފެށޭނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ޤާނޫނާއި އެއްގޮތަށް ކުރިއަށްދާނެކަމަށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފެށީ ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިން ދުވަހަށް އެޖެންޑާކުރުމަށް ފަހުވެސް މައްސަލައިގައި ގޮތެއް ނިންމިފައި ނުވާތީއާއި މަޖިލީހުގެ ގަވާއިދާއި ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާތީއެވެ.
ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 50 މެންބަރުން ސޮޔާއެކު ވަނީ ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ރައީސް ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު