މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާނެ ގޮތާއި ގުޅޭގޮތުން ގޮތެއް ނިންމުމުގެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ ކޮމިޓީތައް އެކުލަވާނުލެވިގެން ކޮމިޓީތައް ހުއްޓިފައި އޮތުމުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭ ހާލަތަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
މާދަމާގެ ހެނދުނު އޮންނަ މަޖިލީހުގެ ޖަލްސާގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޕާޓީތަކުގެ މެމްބަރުންނާއި ޕާޓީތަކަށް ނިސްބަތް ނުވާ މެމްބަރުން ތަމްސީލުކުރާނެ އަދަދުތައް ކަނޑައެޅުމާއި ބެހޭ މައްސަލައެވެ.
މި މައްސަލަ އެޖެންޑާކޮށްފައި މިވަނީ މިކަމުގައި އާއްމު ކޮމިޓީން ގޮތެއް ނުނިންމިގެން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ނުގެނެވި އޮތުމަށްފަހުއެވެ. އާއްމު ކޮމިޓީން އެ މައްސަަލަ ނުނިމި އޮތީ އެ ކޮމިޓީގެ ބައްދަލުވުން ނުބޭއްވޭތީއެވެ. ބައްދަލުވުން ނުބޭއްވެނީ މަޖިލީހުގެ 12 މެމްބަރަކު ޕާޓީ ބަދަލު ކުރެއްވުމާއި ގުޅިގެން ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލްކުރާނެ އަދަދު ކަނޑައަޅަންޖެހޭކަމަށް ބުނެ ރިޔާސަތުން ކޮމިޓީތައް ބޭއްވުން ހުއްޓުވުމާއި ގުޅިގެނެވެ.
ކޮމިޓީތައް އަލުން އެކުލަވާލުމާއި ގުޅޭގޮތުން ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް ރިޔާސަތުން ވިދާޅުވިނަމަވެސް، އެމްޑީޕީން ބުނަނީ އެކަމުގައި ރިޔާސަތުން މަޝްވަރާކުރައްވާފައިނުވާކަމަށެވެ.
ކޮމިޓީތައް ނުބޭއްވުމުން މަޖިލީހުގެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. އޭގެތެރޭގައި އިތުބާރު ނެތްކަމުގެ މައްސަލަތައްވެސް ހިމެނެއެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހުގައި ކުރިއަށް ގެންދާއިރު ބަހުސް ކުރާނެ ވަގުތު ކަނޑައަޅަންޖެހެނީ އާއްމު ކޮޮމިޓީންނެވެ. ނަމަވެސް އާއްމު ކޮމިޓީ ނުބޭއްވޭތީ އެކަމަށް ވަގުތު ކަނޑަނޭޅި، އެ މައްސަލަަތައް އޮތީ އެޖެންޑާނުކުރެވިއެވެ.

ކިޔުންތެރިންގެ ހިޔާލު