މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ އުކުޅުތަކަށް، އެމްޑީޕީ މާ ފަރިތަވާނެ ކަމަށް، މަޑުއްވަރީ ދާއިރާގެ އެމްޑީޕީގެ ރައީސް އަދި ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިފަދައިން ވިދާޅުވީ، ރައީސް ނަޝީދުގެ ތާއިދާއެކު، އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި، އެމްޑީޕީއާއި ދެކޮޅަށް ނުކުތް ބަޔަކު އުފައްދަން މަސައްކަތް ކުރާ "ދަ ޑިމޮކްރެޓްސް" ގެ ޖަގަހައަށް ރޭ ކަޅުތެޔޮ ޖެހިކަމަށް ބުނާ ވާހަކައާއި ގުޅިގެންނެވެ. ޑިމޮކްރެޓްސްއިން، މިއީ ކޮންބައެއް ކުރިކަމެއްކަން ނުބުނި ނަމަވެސް، ތުހުމަތުގެ އިނގިލި ދިއްކުރަނީ އެމްޑީޕީއަށެވެ.
މިކަމާއި ގުޅިގެން މޫކޭ ވިދާޅުވީ ކަޅުތެޔޮ ޖެހުމާއި، ތަކެއްޗަށް ގެއްލުން ދިނުމާއި، ހައްޔަރުވުމާއި ދައުރުފުރިހަމަ ނުކޮށް އިސްތިއުފާ ދެއްވުމުގެ ކަންކަމަށް ދިވެހިން ހޭނި ބާއްވެޖެ ކަމަށެވެ.
"އަމިއްލަފުޅަށް ކަޅުތެޔޮ ޖެއްސެވުމާއި، ތަކެއްޗަށް ގެއްލުން ދިނުމާއި، ވެއްޓި ވަޑައިގަތުމާއި، ދުވެ ވަޑައިގަތުމާއި، އަވަސް އަވަހަށް ހައްޔަރުވެ ވަޑައިގަތުން އަދި ދައުރު ފުރިހަމަ ނުކޮށް އިސްތިއުފާ ދެއްވުން ފަދަ ކަންކަމަށް ދިވެހިން ހޭނި ބާވެއްޖެ. ދަނޑިފުޅު ރަދުންގެ އިހުގެ ކުޅިބަޔަށް ދިވެހިން ފަރިތަ. އަދި އަމުދުން އެމްޑީޕީ މާ ފަރިތަ،" މޫކޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ހަރުގެ ހުންނަ އިމާރާތް ހިމެނޭ ބިން ތަރައްގީކުރަން ކަމަށް ބުނެ އެމްޑީޕީ އަތުން އެތަން އަތުލުމަށްފަހު، ޑިމޮކްރެޓްސްގެ މަސައްކަތުގައި އިސްކޮށް ހުންނަވާ އެ ގޭގެ ވެރި ފަރާތުން ވަނީ އެތަން ޑިކޮމްރެޓްސްގެ ސިޔާސީ މަސައްކަތް ކުރަން ދީފައެވެ. އެތަނަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވާ ކަމަށް އެމީހުން ބުނަނީ ބައްދަލުވުމެއް ކުރިއަށްދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ ދަ ޑިމޮކްރެޓްސްގެ ހަރަކާތްތައް ހިންގާ ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު