ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތަށް ފިއްލަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ފިއްލަވާފައިވާތީ ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަދިވެސް ނުފެށެއެވެ. ނަމަވެސް މެންބަރުން އަދިވެސް ތިއްބެވީ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައެވެ.
ނަޝީދު މިއަދުގެ ޖަލްސާގެ ރިޔާސަތަށް ފިއްލެވިކަން އެނގުނީ އަމީން އާންމު އެކަން އިޢުލާން ކުރެއްވުމުންނެވެ. އަމީން އާންމު ވިދާޅުވީ ނާއިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި ދެއްވުމަށް އެދި އަމީން އާންމު ނަޝީދަށް ސިޓީއެއް ފޮނުއްވާފައި ވަނިކޮށެވެ.
މެންބަރުން ވިދާޅުވާ ގޮތުގައި ނަޝީދު ފިއްލެވި އީވާގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމަށެވެ. އެހެންކަމުން މެންބަރުން އަދިވެސް ތިއްބެވީ ޖަލްސާކުރާ މާލަމުގައެވެ.
ނަޝީދަކީ ދައުރު ނުނިމެނީސް ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު ވަހީދަށް "ފިލިވަހީދު"ގެ ނަމުން ނަން ދެއްވައިގެން އެކި ރެލީ ތަކުގައާއި ބައްދަލުވުން ތަކުގައި އެގޮތަށް މުހާތަބުކުރަށްވަމުން ގެންދެވި ބޭފުޅެކެވެ. ނަޝީދު މިއަދު ރިޔާސަތަށް ފިއްލެވުމުން ބައެއް މެންބަރުން ގެންދަވަނީ "ފިލި ނަޝީދު"ގެ ނަމުން ނަޝީދަށް ވެސް މުހާތަބު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު