ވަކި ޒިންމާއެއް މަތިކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެކަމަށް އިއުތިރާޒެއް ނުކުރެވޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
މެންބަރު ޝިފާއު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަވަން ވެގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
މަޖިލީހުގެ އަމީން އާންމު މިއަދު ވިދާޅުވީ ނައިބްރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް 12 ޖޫން 2023 ގައި އެކަމަނާ ވާނީ ސިޓީއަކުން ދަންނަވާފައި ކަމަށެވެ. ނަމަވެސް އީވާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ކުރާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ މަޖިލީހުގެ އިދާރާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
މިކަމާއި ގުޅިގެން މެންބަރު ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން މަޖިލީހުގެ ރައީސަށް ވަކިޒިންމާއެއް މަތިކުރުމުން އަމިއްލައަށް އެކަމަށް އިޢުތިރާޒެއް ނުކުރެވޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފުވުން އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ޝިފާއު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ފެނިގެންދަނީ ރައީސާއި ނާއިބް ރައީސްގެ މަގާމު ގެއްލިދާނެތީ ގަދަބާރުން އެ މަގާމުގައި ބަގުޑި ބައްދައިގެން ތިބި މަންޒަރު ކަމަށް މީގެ ކުރިން ޝިފާއު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުން ފެނިގެންދަނީ ރައީސާއި ނާއިބް ރައީސްގެ މަގާމު ގެއްލުނަ ނުދޭން ބަޔަކު ކުރާ ހިތްވަރު ކަމަށް ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ ޙައްގުތަކާއި، މަސްލަހަތަށް ހުރަސްއަޅަން ފެށީމާ ކެތްތެރިކަން ކޮޅުންލާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލުކުރާ ހިސާބަށް ވެސް ދާނެ ކަމަށް މެންބަރު ޝިފާއު ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސަތު ބަދަލުކޮށްގެން ކަމުގައި ވިޔަސް އެމް.ޑީ.ޕީ މެންބަރުންގެ އެންމެ މުހިންމު މަސައްކަތް، ރައްޔިތުންނާ ގުޅުންހުރި ރައްޔިތުންގެ ބޮޑެތި ހައްގުތައް އެ ރައްޔިތުންނަށް ކަށަވަރުކޮށްދީ ރައްޔިތުންނަށްޓަކައި ލުއިފަސޭހަ ގޮތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހޯދައިދެއްވާނެކަމަށް ޝިފާއު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު