ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަވަން ވެގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގެންފިއެވެ،
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އޮތީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. ނަމަވެސް މަޖިލިސް ފެށުނު އިރު ވެސް ރިޔާސަތު އޮތީ ހުހަށެވެ.
މަޖިލިސް ޖަލްސާ ނުފެށި ކުޑައިރުކޮޅެއް ފަހުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހަޅަން ނުވަތަ ހަމަޖެހިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސްކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ ގަރާރު މިއަދު ޖަލްސާއަށް އެޖެންޑާކޮށް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް 12 ޖޫން 2023 ގައި ވާނީ ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް އަމީންއާންމު ވިދާޅުވިއެވެ.
"އެހެންނަމަވެސް މިހާރުވެސް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސްގެ އިތުބާރު ނެތްކަމުގެ ގަރަރާއި މެދު ވަކިގޮތެއް ނުނިމެނީސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 260 ވަނަ މާއްދާގެ (ބ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ކުރާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވަ ކަން 12 ޖޫން ގައި އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވޭ،" އަމީން އާންމު ވިދާޅުވިއެވެ.
އަމީން އާންމު ވިދާޅުވީ މި ސަބަބަށްޓަކައި މިއަދުގެ މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި މެދު ގޮތެއް ކަނޑަނޭޅެނީސް މިވަގުތު ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު