ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ހުއްޓުވައިގެން އުޅެނީ އެމްޑީޕީގެ ރައީސް، އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހައްދަވަން އުޅުއްވާ ޕާޓީ ނުހެއްދެވިގެން ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން މަޖިލީހުގައި ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ހުއްޓުވާފައިވަނީ ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން ހަދަން މަސައްކަތް ކުރާ ޕާޓީ އުފެއްދިފައިނުވާތީ ކަމަށެވެ. މަޖިލިސް ކޮމެޓީތައް ހުއްޓުވާފައި ބާއްވަންޖެހޭ އިތުރު ސަބަބެއް ނެތްކަމަށް ޝަފީގް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ 14 ދުވަހުގެ ނޯޓިސް މުއްދަތު ހަމަވުމުގެ ކުރިން މަޖިލީހުގެ ރިޔާސަތާ މަޖިލީހުގެ ރައީސަށް ހަވާލު ނުވެވޭނެ ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި، ރިޔާސަތާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އީވާގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅަން ކަމަށް ޝަފީގު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުންތަކެއް އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެނަމުގައި އައު ޕާޓީއެއް އުފެއްދުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ،3560 ފޯމް އިލެކްޝަނަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އަދި އެޕާޓީ އިލެކްޝަން ކޮމިޝަނުން ރަޖިސްޓްރީ ކޮށްދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު