ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދަނީ ރައީސާއި ނާއިބް ރައީސްގެ މަގާމު ގެއްލިދާނެތީ ގަދަބާރުން އެ މަގާމުގައި ބަގުޑި ބައްދައިގެން ތިބި މަންޒަރު ކަމަަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ފަރާތުން މަޖިލީހުގެ އިދާރާގައި ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވީ މަޖިލީހުން މިއަދު ފެނިގެންދަނީ ރައީސާއި ނާއިބް ރައީސް މަގާމު ގެއްލިގެން ހިގައިދާނެތީ ގަދަބާރުން މަގާމުގައި ދެމިހުންނަން "ބަގުޑި" ބައްދައިގެން ތިބި މަންޒަރު ކަމަށެވެ. އަދި މަޖިލީހުން ފެނިގެންދަނީ ރައީސާއި ނާއިބް ރައީސްގެ މަގާމު ގެއްލުނަ ނުދޭން ބަޔަކު ކުރާ ހިތްވަރު ކަމަށް ޝިފާއު ވިދާޅުވިއެވެ.
އެގޮތުން މަޖިލިސް ރައީސާއި ނާއިބް ރައީސްގެ މަގާމު ދިފާއު ކުރުމަށްޓަކައި ޑިމޮކްެރަސީއެެއްގައި ރައްޔިތުންގެ މަޖިލިސް ފަދަ ދައުލަތުގެ މުހިންމު މުވައްސަސާ އެއްގައި ތަޅު އެޅުވުމުން ސަރުކާރާއި ދިވެހި ރައްޔިތުންނަށް އޭގެ އުނދަގޫ ފޯރާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.
"މިވެގެން އުޅޭގޮތަކީ މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުނު ހިސާބުން ވެސް ގަދަބާރުން މަގާމުގައި ބަގުޑި ބައްދައިގެން، މަގާމު ގެއްލުނަ ނުދޭން ކުރާ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފެންނަނީ. މި ކޮމެޓީތަކަށް ދޫދިނަސް ޖަލްސާ އެއް ބޭއްވުނު ނަމަވެސް އެބޭފުޅުންގެ މަގާމު ގެއްލިގެން ހިގައިދާނެތީ މަގާމު ގެއްލުނު ނުދޭން ކުރާ ހިތްވަރު މި ފެންނަނީ،" ޝިފާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިފާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮތްގޮތުން ނާއިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު މަސައްކަތްތައް ނުކުރެވޭނެ ކަމަށެވެ. ޝިފާއު ވަނީ މަޖިލީހުގެ ހުއްޓިފައިވާ ކޮމެޓީތައް އެކުލަވާލާފައި އޮތްގޮތަށް އަލުން ކޮމެޓީ ތަކުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފެށުމަށް ގޮވާލައްވާފައެވެ.
ޝިފާއު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ފެށުމަަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން ކޮމެޓީތަކުގެ މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ޝިފާއު ވަނީ އެދިވަޑައިގެންފައެވެ. ޝިފާއު ވިދާޅުވީ ކޮމެޓީތަކުގެ މަސައްކަތް ވީހާވެސް އަވަހަކަަށް ފަށަންޖެހޭ ކަމަށެވެ. ކޮމެޓީތަކަށް އައި ބަދަލު މުރާޖައާކޮށް ފާސްކޮށް މަޖިލީހުން އިއުލާންކުރަންޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު