ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ބާއްވާ 12 ވަނަ "އެކްސަސައިޒް އެކުވެރިން" ތަމްރީންތައް އިންޑިއާގައި ފަށައިފިއެވެ.
މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ 14 ދުވަހުގެ މި ތަމްރީންގައި 30 އާއި 50އާ ގާތްކުރާ އަދަދަކަށް އިންޑިއާގެ އަސްކަރިއްޔާއާއި ދިވެހި އަސްކަރިއްޔާގެ ސިފައިން ބައިވެރިވާނެކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ އުއްތަރުޚާންދު ސްޓޭޓްގެ، ޗައުބަޓިއާގައި ކުރިއަށްދާ މި ތަމްރީންތަކުގައި ކައުންޓަރ ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ ސިިފައިންގެ ޓެކްނިކަލް ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެއިތުުރުން ދެ ޤައުމުން ގުޅިގެން ކާރިސާގެ ވަގުތުތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ތަމްރީންތައްވެސް ކުރިއަށްދާނެއެވެ.
މި ތަމްރީންތަކުގެ ސަބަބުން ޓެކްޓިކަލް ފެންވަރެއްގައި ދެ ޤައުމުގެ ދެމުގައި އެއްބާރުލުންދީ، އެހީތެރިިކަން ފޯރުކޮށްދެވޭނެއެވެ.
ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެންމެފަހުން ބޭއްވި 11 ވަނަ "އެކްސަސައިޒް އެކުވެރިން" ބާއްވާފައިވަނީ 2021 ވަނަ އަހަރު ރާއްޖޭގައެވެ.

The 12th edition of joint military exercise “Ex Ekuverin” between #IndianArmy & the Maldives National Defence Force commenced at Chaubatia, Uttarakhand from 11 to 24 June 2023.
— A. Bharat Bhushan Babu (@SpokespersonMoD) June 12, 2023
Read for more: https://t.co/1SeLqbj3A1@rajnathsingh @giridhararamane @HCIMaldives @adgpi pic.twitter.com/8BKhm3SYDd
އިންޑިއާގެ އުއްތަރުޚާންދު ސްޓޭޓްގެ، ޗައުބަޓިއާގައި ކުރިއަށްދާ މި ތަމްރީންތަކުގައި ކައުންޓަރ ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ ސިިފައިންގެ ޓެކްނިކަލް ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. މީގެއިތުުރުން ދެ ޤައުމުން ގުޅިގެން ކާރިސާގެ ވަގުތުތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ތަމްރީންތައްވެސް ކުރިއަށްދާނެއެވެ.
މި ތަމްރީންތަކުގެ ސަބަބުން ޓެކްޓިކަލް ފެންވަރެއްގައި ދެ ޤައުމުގެ ދެމުގައި އެއްބާރުލުންދީ، އެހީތެރިިކަން ފޯރުކޮށްދެވޭނެއެވެ.
ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެންމެފަހުން ބޭއްވި 11 ވަނަ "އެކްސަސައިޒް އެކުވެރިން" ބާއްވާފައިވަނީ 2021 ވަނަ އަހަރު ރާއްޖޭގައެވެ.
ކިޔުންތެރިންގެ ހިޔާލު