ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މަޝްވަރާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ބޮންޑޭ ފުއްގިރި ޑީލްގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވިކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާ ސުވާލުކުރުމަށް ދިން ފުރުސަތުގައި ޔާމީންގެ ވަކީލުންގެ ފަރާތުން ޒިޔަތާ ކުރި ސުވާލެއްގެ ތެރެއިންނެެވެ. އެސުވާލަށް ޖަވާބު ދެެއްވަމުން ޒިޔަތު ވަނީ ފުއްގިރި މުއާމަލާތުގައި ކްރިކް ރިޒާ ނޫން ބޭފުޅަކާއި އެއްވެސް މުއާމަލާތެއް ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި ހެކި ބަސް ދެއްވަމުން އަދީބު ވިދާޅުވީ ފުއްގިރި މުއާމަލާތަށް އިންޑިއާގެ ވަރަށް ވަރުގަދަ ބަޔަކު އަންނާނެ ކަމަށާއި އެ މީހުންނަށް 2.5 މިލިއަނަށް ފުއްގިރި ދޭން ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ.

އިންޑިއާ މީހުންނާ ބައްދަލުކުރަން ޔާމީން ވިދާޅުވުމުން ބޭއްވި ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ބޮންޑޭ ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވި އެވެ. މި ބައްދަލުވުމުގައި 2.5 މިލިއަނަށް އަގު ކަނޑައަޅައި އެއްބަސްވި ކަމަށް އަދީބު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު