މުވައްޒަފަކު މަސްތުގެ ހާލަތުގައި ހުރެގެން ބިރު ދައްކާކަމަށް ބުނާ ވާޙަކަ އިންތިގާލީ އިންސާފު އޮފީހުން ދޮގުކޮށްފިއެވެ.
އެ އޮފީހުން މިކަން ދޮގުކޮށްފައި މިވަނީ ބައެއް މީޑިއާތަކުގައި މިކަމާއި ގުޅޭގޮތުން މައުލޫމާތު ފަތުރާފައި ވަނިކޮށެވެ.
މައުލޫމާތު އެނގޭ މީޙުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އިންތިގާލީ އިންސާފު އޮފީހުގެ މުވައްޒަފެއް މަސްތުގެ ހާލަތުގައި އޮފީހަށް ނުކުމެ، އެ ތަނުގެ މުވައްޒަފުންނަށް ފުރައްސާރަކޮށް ބިރުދައްކާ މައްސަލަ ވަރަށް ބޮޑުވެފައިވާކަމަށެވެ.
ފިރިހެން މުވައްޒަފެއްގެ ފަރާތުން މި އަމަލު ފެންނަމުންދާއިރު، އޭނާގެ އުނދަގޫ އަންހެން ގިނަ މުވައްޒަފުންނަށް ފޯރާފައިވާކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެ އޮފީހުގައި ވަރަށް ބޮޑު ބިރުވެރިކަމެއްވެސް އުފެދިފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ. އެގޮތުން މުވައްޒަފުންގެ ގަޔަށް ބޮލަށް އެރުމާއި ހަޑިހުތުރު ބަހުން މެސެޖްކުރުންވެސް އޭނާގެ ފަރާތުން ކުރިމަތިވަމުންދާކަމަށްވެއެވެ.
މި މައްސަލަ ބޮޑުވުމުން ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމްގެ ސަމާލުކަމަށް މިކަން ގެންނެވިޔަސް އެކަމާއި ގުޅޭގޮތުން މިހާތަނަށް ފިޔަވަޅެއް އަޅާފައިނުވާކަމަށް އެ އޮފީހުގެ މުވައްޒަފަކު މީޑިއާގައި ބުނެފައިވެއެވެ.
އިންތިގާލީ އިންސާފު ޤާއިމްކުރުމަށް އުފެއްދި އޮފީހުގައި މިފަދަ މައްސަލައެއްް އުޅޭތޯ ސުވާލުކުރުމުން ޗީފް އޮމްބަޑްސްޕާސަން ވިދާޅުވީ މުވައްޒަފަކު މަސްތުގެ ހާލަތުގައި އޮފީހަށް ނުކުމެ، މުވައްޒަފުންނަށް ފުރައްސާރަ ކުރާ ކަމުގެ މައްސަލައެއް ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް އިތުރު މައްސަލައެއް އުޅޭކަމެއް ނުވަތަ ނޫޅޭކަމެއް ވިދާޅެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު