ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި "އަނެއްބައި" ބޮޑުކޮށް ލިބޭނީ ރަށުގެ އަގު ކުޑަކޮށްގެން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އަދީބު މިހެން ވިދާޅުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު ކްރިކް ރިޒާ ލައްވައި ރިޝްވަތުގެ ގޮތުގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެެ އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގައި ޔާމިން އާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދެއްވި ހެކިބަހުގައެވެ.
ހެކިބަސް ދެއްވަމުން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމުގެ ޑީލްގައި ކޮމިޝަން ނުލިބޭތީ ކުރީގެ ރައީސް ޔާމީން އެދިވަޑައިގަތުމަަށް އެއްބަސްވުމުގައި ސޮއިކުރުން އެތައް ފަހަރަކު ފަސްކޮށްފައިވާނެ ކަމަށެވެ. އަދީބު ވިދާޅުވީ އިންޑިއާގެ ވަރަށް ވަރުގަދަ ބަޔަކު އަންނާނެ ކަމަށާއި އެ މީހުންނަށް 2.5 މިލިއަނަށް ފުއްގިރި ދޭން ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ.
އެގޮތަށް ޔާމިން ވިދާޅުވުމުން އިންޑިއާ މީހުންނާ ބައްދަލުކުރެއްވި ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި 2.5 މިލިއަނަށް އަގު ކަނޑައަޅައި އެއްބަސްވި ކަމަށެވެ. އަދީބް ވިދާޅުވީ އަގު ބަދަލުުކުރުމާ ބެހޭ ގޮތުން ޔާމީން ވިދާޅުވެގެން ކަމަށް ބުނެ ކްރިކް ރިޒާ ވާހަކަ ދެއްކި ކަމަށާއި އަގު 400،000 ޑޮލަރަށް ދަށްކުރުމަށާއި އެޑްވާންސަށް 150،000 ޑޮލަރު ނެގުމަށް އެދިފައިވާ ކަމަށާއި އެކަން އެނގުނީ އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ފަރާތުން ކަމަށް އަދީބް ވިދާޅުވިއެވެ.
އަދީބު ވިދާޅުގީ ޑީލް ކުރިއަށް ނުގެންގޮސް މަޑުކުރަން ޒިޔަތަށް އެންގެވި ކަމަށާއި އެކަން ހުއްޓުވުމަށްފަހު އެ އަގު މާ ކުޑަ ކަމަށް ޔާމީނަށް ދަންނަވާފައި ވާނެ ކަމަށެވެ. އެހެން ދެންނެވުމުން ޔާމިން ވަނީ "އަނެއްބައި" ބޮޑުކޮށް ލިބޭނީ އަގު ކުޑަކޮށްގެން ކަމަށް ވިދާޅުވެފައި ކަމަށް އަދީބު ވިދާޅުވި އެވެ. އެ ވިދާޅުވި "އަނެއްބައި" އެއީ ކޮން ވާހަކައެއްތޯ ދައުލަތުން ސުވާލުކުރުމުން އެއީ ކޮމިޝަން ކަމަށާއި އެ ފައިސާ ކްލެސިކް ސިޓީން ޔާމީނާ ހިސާބަށް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އަދީބު ވިދާޅުވިއެެވެެ.
އަދީބު މިއަދު ވިދާޅުވީ ފުއްގިރި އެއްބަސްވުމުގައި ސޮއިކުރުން ލަސްވެގެން ޔާމިން މެސެޖްވެސް ކުރެއްވި ކަމަށެވެ.
އަދީބު ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރީ ރައީސް ވިދާޅުވެގެން ކަމަށެވެ. އެކަމުގައި އުޅުނީ ރާއްޖޭގެ ރެޕިއުޓެޑް ލޯފާމެއް ކަމަށްވާ ޝުއައިބް ޝާހްގެ ފަރާތުން ކަމަށް ވުމާއި ވަރުގަދަ އިންވެސްޓަރުންތަކަށް ވުމީ ވެސް މިކަން އަވަސްކުރި ސަބަބެއް ކަމަށް އަދީބު ވިދާޅުވި އެވެ.
އަދީބު ވަނީ ރަށްތައް ދޫކުރާ އުސޫލެއް އޮތަސް އިންވެސްޓަރުން ރައީސަށް ނުވަތަ ރައީސްގެ އަރިސް ބޭފުޅުންނަށް ގުޅައިގެން އުސޫލުގެ ބޭރުން ކަންކަން ކުރަމުން ދިޔަ ކަމަށެވެ. މި ކަންކަން ހިނގަމުން ދިޔައީ ރައީސްގެ ރުހުމާއި ބައިވެރިވުމާ އެކުގައިތޯ އެހުމުން އަދީބު ވަނީ އެކަން ހިނގީ އެހެން ކަމަށް ވިދާޅުވެފައެވެ.
ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން މީގެ ކުރިން ބުނީ މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު