ރައްޔިތުންގެ މަޖިލީޙުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތަށް ދެވެން އޮތް ހުރިހާ ދުލެއް ދެއްވިކަމަށާއި، އެކަންނުވެ އޮތީ ރިޔާސަަތުން އެކަމަށް އެއްބާރުލުން ނުދެއްވާތީކަމަށް ރައްޔިތުންގެ މަޖިލީޙުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނެފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި މަޖިލީޙުގައި ހިމެނޭ ގިނަ ކޮމިޓީތަކެއްގެ މުޤައްރިރުން ބައިވެރިވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރީ މަޖިލީހުގެ މަސައްކަތްތައް ގަވާއިދާއި ހިލާފަށް ހުއްޓާލާފައި އޮތް މައްސަލައެވެ. އަދި މަޖިލިސް ހުއްޓުމަކަށް އަންނަންޖެހޭ ފަދަ ހާލަތެއް ނެތްކަންވެސް އެ މެމްބަރުން ފާޙަގަކުރެއްވިއެވެ.
ކޮމިޓީތައް ހުއްޓިފައި އޮތް މައްސަލައިގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުނީ ކޮމެޓީތައް އެކުލަވާލައި، ކޮމިޓީތަކުގައި ހުރި މުހިންމު މަސައްކަތްތައް ފެށުމަށްޓަކައި އެމްޑީޕީން ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދީފައިވާކަމަށެވެ. އެގޮތުން އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން އެދުނު ގޮތަށް ކޮމެޓީތައް އެކުލަވާލަން ދެވެންހުރި ހުރިހާ ދުލެއް ދެއްވާފައިވާކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ސްޕޯކްސްޕާސަން ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވިއެވެ.
މެމްބަރު ޝަފީގު ވިދާޅުވީ އެމްޑީޕީން އެ މައްސަލައިގައި ދޫދިން ނަމަވެސް، ކޮމެޓީތައް އެކުލަވާ ނުލެވި އޮތީ މަޖިލީހުގެ ރިޔާސަތުން އެކަމަށް ޖާގަ ނުދެއްވާތީކަމަށެވެ. އެގޮތުން އިދިކޮޅު ޕާޓީތައް ބޭނުންވި ގޮތަށް ބައެއް ކޮމިޓީތައް އެކުލަވާލަންވެސް އެމްޑީޕީން ދޫދިންކަމަށް އޭނާ ވިދާޅުވިއެވެ.
"ޢާންމު ކޮމެޓީއަށް އިދިކޮޅު ފަރާތްތަކުން ބޭނުންފުޅުވީ، ހުރިހާ ޕާޓީއެއްގެ މެމްބަރުން ތަމްސީލު ވާގޮތަށް އެކޮމެޓީ އެކުލަވާލަން. އެކަމަށްވެސް އެބަސްވެ ވަޑައިގެންނެވި." ޝަފީޤް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ކޮމިޓީތަކުގެ މުޤައްރިރުން ވަނީ ކޮމިޓީތަކުގައި މުހިއްމު މަސައްކަތްތައް ހުއްޓާ، ކޮމިޓީތައް ހުއްޓުވާލާފައިވާތީ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގެ މަސައްކަތް ހުއްޓުވާލާފައިވާގޮތަށް ކޮމެޓީތަކުގައި މަޖިލީހުގެ ރިޔާސަތުން ތަޅު އަޅުވާފައިވާކަމަށެވެ. އަދި އެއީ ޑިމޮކްރަސީ ދަންނަކަމެއް ނޫންކަމަށްވެސްް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްގެން އުޅެނީ ކޮމިޓީތައް ހުއްޓުމަކަށް އައިސްފައި އޮތުމުންނެވެ. އަދި ކޮމިޓީތައް ހުއްޓިފައި އޮތުމުން އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީޙުގައި ކުރިއަށްގެންދެވޭނެ ގޮތްވެސް ވަނީ ނުވެފައެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން ވަގުތުން
— People's Majlis (@mvpeoplesmajlis) June 12, 2023
ލިންކު:https://t.co/4qkBssDuNw pic.twitter.com/rr7KgwZ6kU
މެމްބަރު ޝަފީގު ވިދާޅުވީ އެމްޑީޕީން އެ މައްސަލައިގައި ދޫދިން ނަމަވެސް، ކޮމެޓީތައް އެކުލަވާ ނުލެވި އޮތީ މަޖިލީހުގެ ރިޔާސަތުން އެކަމަށް ޖާގަ ނުދެއްވާތީކަމަށެވެ. އެގޮތުން އިދިކޮޅު ޕާޓީތައް ބޭނުންވި ގޮތަށް ބައެއް ކޮމިޓީތައް އެކުލަވާލަންވެސް އެމްޑީޕީން ދޫދިންކަމަށް އޭނާ ވިދާޅުވިއެވެ.
"ޢާންމު ކޮމެޓީއަށް އިދިކޮޅު ފަރާތްތަކުން ބޭނުންފުޅުވީ، ހުރިހާ ޕާޓީއެއްގެ މެމްބަރުން ތަމްސީލު ވާގޮތަށް އެކޮމެޓީ އެކުލަވާލަން. އެކަމަށްވެސް އެބަސްވެ ވަޑައިގެންނެވި." ޝަފީޤް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ކޮމިޓީތަކުގެ މުޤައްރިރުން ވަނީ ކޮމިޓީތަކުގައި މުހިއްމު މަސައްކަތްތައް ހުއްޓާ، ކޮމިޓީތައް ހުއްޓުވާލާފައިވާތީ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މާލިއްޔަތު ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވީ، މަޖިލީހުގެ ތަޅުމުގެ މަސައްކަތް ހުއްޓުވާލާފައިވާގޮތަށް ކޮމެޓީތަކުގައި މަޖިލީހުގެ ރިޔާސަތުން ތަޅު އަޅުވާފައިވާކަމަށެވެ. އަދި އެއީ ޑިމޮކްރަސީ ދަންނަކަމެއް ނޫންކަމަށްވެސްް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްގެން އުޅެނީ ކޮމިޓީތައް ހުއްޓުމަކަށް އައިސްފައި އޮތުމުންނެވެ. އަދި ކޮމިޓީތައް ހުއްޓިފައި އޮތުމުން އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީޙުގައި ކުރިއަށްގެންދެވޭނެ ގޮތްވެސް ވަނީ ނުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު