އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަބަދުވެސް އުޅުއްވަނީ ބޮޑު ތަޅެއް ނޭޅުވިގެން ކަމަށް އެޕާޓީގެ ޕާލިމެންޓްރީގެ ގްރޫޕްގެ މެމްބަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒު، ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒު ވިދާޅުވީ، މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއް މަޖިލީހުގެ ރައީސް ހުއްޓުވާފައިނުވާ ކަމަށެވެ. އެގޮތުން މީ މަޖިލީހުގެ ތާރިޚުގައި އެފަދަ ގޮތަކަަށް ކޮމެޓީތަައް ހުއްޓުނު ފުރަތަމަ ފަހަރު ކަމަށް ނާޝިޒް ވިދާޅުވިއެވެ.
ނާޝިޒް ވިދާޅުވީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ ވެރިކަމުގެ އާރާއި ބާރު ހިފެހެއްޓުމަށް ދައުލަތުގެ އެއްބާރު ކަމަށްވާ ސްޕްރީމް ކޯޓުގައި ތަޅުއެޅުވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ސަރުކާރަށް އުނދަގޫ ކުރާ ކަމަށް ބުނެ ކެބިނެޓް ވަޒީރުން ރައީސް އޮފީހަށް ގެންނަވައި އެބޭފުޅުން އިސްތިއުފާ ދޭން އެންގެވުމުން މުޅި ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވި ކަމަށް ނާޝިޒު ވިދާޅުވިއެވެ.
"ނަޝީދުގެ ސަރުކާރުގައި މުޅި ސަރުކާރުގައި އަމިއްލައަށް އެ ވިދާޅުވާ ޑެޑްލޮކެއް އަޅުވައިގެން މުޅި ސަރުކާރު ހުއްޓުމަކަަށް ގެންނެވި، އެވެސް ބޮޑުތަަޅަކަށް ވެގެން މިދިޔައީ ދެން މިއަދު އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ދޮރުތަައް ވެސް ތަޅުލައިގެން އުޅޭ ވާހަކަ، އަަޅުގަނޑު ހިތައް އަރާ ހުރިހާ އެންމެންގެ އަތުގައި ހުރި ތަޅެއް މިބޭފުޅާ (ނަޝީދު) އާއި ހަވާލުކުރަންވީއޭ، ބޮޑު ތަޅު އަޅުގަނޑަކަށް ނޭނގޭ އެބޭފުޅާ އެއްކޮށް އުޅުއްވާ ބޭފުޅުންން ދައްކަވަނީ ކޮންމެވެސް ބޮޑު ތަަޅެއްގެ ވާހަކަ،" އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން ނާޝިޒު ވިދާޅުވިއެވެ.
މީގެ އިތުރުން ނާޝިޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގާނޫނުގެ ތެރެއަށް ވަދެވަޑައިގެން މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރުމުގެ ޖާގަ ދެއްވުމަަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު