ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ހުރިހާ ކޮޓަރިތައް ތަޅުލީ މުހިންމު ލިޔެކިޔުންތައް ހުންނާތީކަމަށް މަޖިލިސް އިދާރާއިން ހާމަކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން މިހެން ބުނެފައިވަނީ މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތައް ތަޅުލާފައިވާކަން ހާމަވާހެން ދައުރުވަމުންދާ ވީޑިއޯ ތަކާއި ހަބަރުތަކަށް ރައްދު ދެމުންނެވެ.
މިކަމާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ކޮޓަރިތައް ތަޅުލާފައިވަނީ އެކޮޓަރިތަކުގައި މުހިންމު ލިޔެކިޔުންތައް ހުންނާތީ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ކޮޓަރިތަކުގައި މަސައްކަތެއް ކުރިއަށްނުދާ ހުރިހާ ވަގުތުތަކެއްގައިވެސް އެ ކޮޓަރިތަކަކީ ތަޅުލާފައި ހުންނަ ކޮޓަރިތަކެއް ކަމުގައި މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުން މަޖިލީހުގެ އިމާރާތް ކޮންޓްރޯލް ކުރުން ނުވަތަ މަޖިލީހުގެ ގޯއްޗާއި އިމާރާތަކީ މަޖިލިސް ރައީސްގެ ބާރުގެ ދަށުގައިވާ ތަންތަނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކޮމިޓީ ބައްދަލުވުން ބާއްވާ ހުރިހާ ކޮޓަރިތައް ތަޅުލާ މައްސަލަ ފެންމަތިވެފައިވަނީ މަޖިލީހުގެ ރިޔާސަތާއި މެމްބަރުންނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މިޅިންހެން ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.
މީގެއިތުރުން، މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަތަކެއްވެސް މަޖިލީހަށް ވަނީ ހުށައަޅާފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަތަކަށް ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ނުބަލަހައްޓަވަން ނިންމަވާފައިވާކަން ރައީސް ނަޝީދު ވަނީ މަޖިލީހުގެ އިދާރާއަށް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު