1444ވަނަ އަހަރު ޙައްޖަށްދާ ޙައްޖާޖީންގެ ފުރަތަމަ ފްލައިޓް ފުރައިފިއެވެ.

މިއަދު ޙައްޖަށްފުރީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފުރަތަމަ ގްރޫޕްގައި ހިމެނޭ 294 ޙައްޖާޖީންނެވެ. މި ޙައްޖާޖީން ފުރީ 12 ޖޫން 2023ވީ ހޯމަ ދުވަހުގެ ހަވީރު 15:10ގެ ފްލައިޓުންނެވެ. ޙައްޖުވެރިންނަށް ކިންގ ޢަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް އެއަރޕޯޓަށްދެވޭނީ ރާއްޖެގަޑިން މިރޭ 6:45ގައެވެ.

މިފަހަރު ޙައްޖާޖީން ޖުމްލަ 6 ފްލައިޓެއްގައި ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ފްލައިޓްތައް އޮންނާނީ މި ހިނގާ ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހުއެވެ.

ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު:-

- 13 ޖޫން 2023 - ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް – 12:50

- 15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް – 19:00

- 16 ޖޫން 2023 - މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން – 15:10

- 16 ޖޫން 2023 - އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 19:00

- 19 ޖޫން 2023 - މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް – 15:10

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާއިރު ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެކްޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާނެއެވެ.

އަދި އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި ބަހާ ހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާއާއި ޢާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.

ޙައްޖަށްދާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ބަސް ދަތުރުތަކާއި ފެރީ ދަތުރުތައް ހަމަޖެހިފައިވާގޮތް:



ބަސް ޕޮއިންޓްތައް

މާލެ

- ވެސްޓް ޕާކް

- ސޯޝަލް ސެންޓަރ

- 01 ނަންބަރު ފާލަން

- ހެންވޭރު ފެރީ ޓާމިނަލް

- ހައުސިންގ މިނިސްޓްރީ

- ދަރުބާރުގެ

- ޒިކުރާ މިސްކިތް

- ގަލޮޅު ދަނޑު

- ޓޭބަލް ޓެނިސް އެސޯސިއޭޝަން (ހެންވޭރު ދަނޑު ކުރިމަތި)

- އޯކިޑް / ފަރީދީ މަގު

ހުޅުމާލެ ފޭސް 1

- ނިރޮޅު މަގު

- ބަގީޗާ ހިނގުން

ހުޅުމާލެ ފޭސް 2

- ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 1

- ހުޅުމާލެ ފޭސް 2 ބަސް ސްޓޮޕް 2

ވިލިނގިލި

- ފެރީ ޓަރމިނަލް

މިއަހަރު ޙައްޖަށް ފުރާ ދެވަނަ ގްރޫޕް ފުރާނީ 13 ޖޫން 2023 ވާ އަންގާރަ ދުވަހު 12:50ގައެވެ.



ކިޔުންތެރިންގެ ހިޔާލު