އިޓަލީވިލާތުގައި ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ވަރުގަަދަ ސިޔާސީ ލީޑަރު އަދި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރުލަސްކޯނީ އަވަހަރާވެއްޖެއެވެ.
އުމުރުފުޅުން 86 އަހަރުގެ ބަރުލަސްކޯނީ އަވަހާރަވީ ލުކީމިޔާ އަދި ފުއްޕާމޭގެ އިންފެކްޝަނަކަށް ފަރުވާ ހޯދައްވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައި މިލާންގެ ސަން ރަފަޔަލް ހޮސްޕިޓަލުގައެވެ.
އިޓަލީގެ ސިޔާސީ މައިދާނަަށް 1994 ވަނަ އަހަރު ނިކުމެވަޑައިގެންނެވި، ބަރުލަސްކޯނީއަކީ މީޑިއާގެ ވިޔަފާރިން ބިލިއަނަރަކަށް ވެވަޑައިގެންފައިވާ ބޭފުޅެކެވެ.
2011 ވަނަ އަހަރުގެ ނިޔަކަށް އިޓަލީގައި 4 ސަރުކާރު ހިންގެވި ބަރުލަސްކޯނީއަކީ އިޓަލީގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ.
އިޓަލީގައި މިހާރު ވެރިކަންކުރާ ކޯލިޝަންގައިވެސް ބަރުލަސްކޯނީގެ ފޯޒާ އިޓާލިއާ ޕާޓީ ހިމެނެއެވެ. އިޓާލީގެ ސިޔާސީ ބޭފުޅުން ސިފަކުރައްވާ ގޮތުގައި މިއީ އިޓަކީގެ ސިޔާސީ މަސްރަހަށް ލިބުނު ވަރަށް ބޮޑު ހުސްކަމެކެވެ.
އިޓަލީގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބަރުލަސްކޯނީއަކީ ދުނިޔޭގެ ގިނަ ބަޔަކު ސަޕޯޓްކުރާ މަޝްހޫރު އޭސީ މިލާނުގެ ވެރިޔާވެސްމެއެވެ. ބަރުލަސްކޯނީ އޭސީ މިލާނާއި ހަވާލުވެ އަލުން އެ ޓީމު ކޮޅަށްޖެހީ، 1986 ވަނަ އަހަރު ބަނގުރޫޓްވުމާއި ދިމާލަށް ދަނިކޮށެވެ.
ބަރުލަސްކޯނީ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ލީޑަރުން ދަނީ ތައުޒިޔާ ފޮނުއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު