މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯއިން މިދިޔަ އަހަރު ކުރިޔަށްގެންދިޔަ "ހެއްޔާ މަކިޓާ މުބާރާތް 2022" ގެ ވަނަ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައިވަނީ އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގައި އާދީއްތަ ދުވަހު ބޭއްވި ހަފްލާއެއްއެއްގައެވެ.
މިމުބާރާތުން އެއްވަނަ ހާސިލްކޮށް 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރ ހޯދާފައިވަނީ ހަސަން ޝާހިދުއެވެ. އޭނާ ތައްޔާރުކޮށްފައިވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ. ދެވަނަ ހޯދާފައިވަނީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިންމަނިކުއެވެ. ދެވަނަ އިނާމްގެ ގޮތުގައި ދީފައިވަނީ 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރއެކެވެ.
މިމުބާރާތުން ތިންވަނަ ހޯދާ 15،000 ރުފިޔާގެ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރ ހާސިލްކޮށްފައިވަނީ މުހައްމަދު ރަޝީދުއެވެ. މަކިޓާ ޓޫލްސް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރީ ޑްރެސިންގ ޓޭބަލެކެވެ.
މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާންމުންގެ 20 އިންސައްތަ އަދި ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެންނެވެ.

ކިޔުންތެރިންގެ ހިޔާލު