ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް މަގާމުގެ ޒިންމާ އަދާނުކުރެއްވޭ ނަމަ އެންމެ ރަނގަޅުވާނީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅިފައިވާތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަން ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ މަޖިލީހުގެ އަމީންއާމަށް އަންގަވާފަ އެވެ. ރިޔާސަތުގައި ނެތް ނަމަވެސް މަޖިލީހުގެ ގަވައިދު ބަޔާންކުރާ މިންވަރުގައި ހުރިހާ ކަމެއް ހިންގެވުމުގައި ދެމިހުންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރާއްޖެޓީވީގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަގާމެއްގައި ހުންނަވާއިރު އެ މަގާމުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ ލާޒިމު ކަމެއް ކަމަށެވެ. އެގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޒިންމާ ފުރިހަމައަށް ނަޝީދު އަދާކުރައްވަންޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަގާމުގައި ނަޝީދު ހުންނަވާއިރު މުސާރައާއި އިނާޔަތާއި އަދި އާރާއި ބާރު ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި މަގާމުގެ ޒިންމާ އަދާނުކުރައްވައި މަގާމުގައި ހުންނެވުމަކީ އެހެން ގޮތަކަށް އެ ބޭފުޅަކާއި މެދު ދެކޭނެ ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު