އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއެކު ރާއްޖޭގެ މަސްލަހަތު ނުހިފެހެއްޓޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ރޭ ވާހަކަ ދައްކަވަމުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ ރައީސް ނަޝީދާއެކު ރާއްޖޭގެ މަސްލަހަތު ހިފެހެއްޓޭނެ ކަމަށް އޭނާ ގަބޫލުނުކުރަށްވާ ކަމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުމާއި ލާބަޔަށްޓަކައި ވެސް ރައީސް ނަޝީދަކީ ގައުމުގެ ލީޑަރެއްގެ ގޮތުގައި ހުންނަވަން ރަނގަޅު ބޭފުޅެއް ނޫން ކަމަށް ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ ރައީސް ނަޝީދަށް ވެރިކަމުގެ ދައުރެއް ފުރިހަމަ ނުކުރެއްވި އިސްތިއުފާ ދެއްވަންޖެހުނީ ހަމަ ހުރެފައި ކަމަށެވެ. މީގެ ކުރިން ނަޝީދު މަޖިލީހަށް އިންތިޚާބުވެވަޑައިގަތުމަށްފަހު މަޖިލީހުގެ ދައުރެއް ފުރިހަމަ ނުކުރެއްވުނު ކަމަށް ސަނީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ މަޖުލީހުގެެ ރިޔާސަތު ނަޝީދާއި ހަވާލުކުރުމުން ހުރިހާކަމެއް ކުރިއަށް ގެންދަވަނީ ވަރަށް ހުދުމުހުތާރުކޮށް ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ކިބައިން ފެނިގެންދިޔައީ ޑިމްކޮރަސީ އާއި ބީރައްޓެހި މުޅިން އަމިއްލަފުޅު ގޮތްތަކެއް އިސްކުރެއްވި މަންޒަރު ކަމަށް ސަނީފް ވިދާޅުވިއެވެ.
"ރައީސް ނަޝީދަކީ ތާރިހުގެ ފަލްސަފާ އޮތް ބޭފުޅެއް ގައުމުގެ ހަމަޖެހުން ނަގާލުމަށްޓަކައި، އަޅުގަނޑުމެން މިއަދު އެކަން ގަބޫލުކުރަންޖެހޭ، ކިތަންމެ ސަނާ އެއް ކިޔަސް. ނަޝީދު ވެސް ހުންނާނެ ރަނގަޅުކަންކަން ކޮށްފައި. އެހެން ނަމަވެސް ގައުމުގެ މަސްލަތަށް ބަލާއިރު ނަޝީދަކީ އެކަމަށް އެކަށީގެންވާ ބޭފުޅެއް ނޫން." ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސަނީފް ވިދާޅުވިއެވެ.
މަޖިލިސް ގަޑުބަޑުކޮށް، ހިންގުން ހުއްޓުވައިލަން އުޅޭ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ ރިޔާސަތުގައި އިންނަވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު