އިދިކޮޅު ޕީޕިއެމުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހެއްގެ އަތުގައި ދަތްއެޅި އަންހެނަކު ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އިދިކޮޅު ޕީޕިއެމުން ހޮނިހިރު ދުވަހުގެރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހެއްގެ އަތުގައި ދަތްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ އަންހެނެކެެވެ. އޭނާ ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 05 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން އެ އަންހެން މީހާ 05 ދުވަހަށް ބަންދުކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށައް ގެންނަން މަސައްކަތް ކުރަމުންދިޔަ ވަގުތު ފުލުހެއްގެ އަތުގައި ދަތްއަޅާފައިވާކަމަށް ކޯޓަށް ހުށައަޅާފައިވާ ދެ ފުލުހުންގެ ބަޔާނުން އެނގޭ ކަމަށެވެ.
އަދި އެ އަންހެންމީހާ މާރާމާރީ ހިންގުމުގެ ކުށްތައް ހިންގާފައިވާ ކަމަަށް ތުހުމަތުކުރެވޭއިރު އޭނާ އަކީ ހައްޔަރު ރިކޯޑު ގިނަ ފަރާތެއް ކަމަށް ވެސް ކޯޓް އަމުރުގައި ބުނެފައިވެއެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެެރިކަމަށްޓަކައި އެ އަންހެންމީހާ 05 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު