އަހުމަދު މަސްނޫމް   11 ޖޫން 2023 - 21:34
ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.

ނަހުލާ މަޖިލީހަށް ހާޒިރުކުރަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެކަމަނާއަށް ސުވާލުކުރުމަށް ހުށައަޅާފައިވާ މައްްސަލައާއި ގުޅިގެންނެެވެ. މުޣުނީ ނަހުލާގެ އަރިހުން ސާފު ކުރައްވަން ހުށައަޅާފައި ވަނީ ކާޑެއްދޫ އެއާޕޯޓުގެ ތަރައްގީ ޕްލޭން އަކީ ކޮބައިތޯއާއި އަމަލީ މަސައްކަތް ފެށޭނެ ތާރީހާއި ގުޅޭ ސުވާލެކެެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގަނީ ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިންނެވެ. ކާޑެއްދޫ އެއާޕޯޓް، ވިލާއާ ހަވާލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. 50 އަހަރުގެ މުއްދަތަކަށް ވިލާއާއި އެއާޕޯޓް ހަވާލުކުރި ނަމަވެސް 2017 ވަނަ އަހަރާއި ހަމައަށް ޔާމިންގެ ސަރުކާރުން ވަނީ އެއާޕޯޓް ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލްކޮށްފައެވެ.

އެމައްސަލަ ވިލާއިން ޝަރީއަތަށް ހުށައެޅުމުން އެއްބަސްވުން ބާތިލްކޮށް އެއާޕޯޓް އަތުލީ ގާނޫނާއި ހިލާފަށް ކަަމަށް ޝަރުއީ ހުރިހާ މަރުހަލާގެ ކޯޓުތަކުން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު