ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ނުހިމަނައި އެޖެންޑާ ނެރުމަކީ އިދާރީ މުވައްޒަފުން ކުރެއްވި މުޅި މަޖިލީހަށް ގޮންޖެހުން ފަދަ ކަމެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އީވާ މަގާމުން ވަކި ކުރުމަށް 50 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ވަނީ ހުށައަޅާފައެވެ. އީވާ މަގާމުން ވަކިކުރަން ހުށަހެޅި ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް މިއަދަށް ވަނީ ހަމަވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ނ. ގައި ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ ވަކި ކުރަން ހުށަހެޅުމުން އެކަން އަމީން އާންމު ރައީސަށާއި މެމްބަރުންނަށް ރަސްމީ ތިން ދުވަހުގެ ތެރޭގައި އަންގައި ނޯޓިހެއް ފޮނުވަންޖެހެ އެވެ. އަދި, އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށްފަހު ދެން އެންމެ އަވަހަށްޖެހޭ ރަސްމީ ބަންދު ނޫން ދުވަހެއްގައި ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ބާއްވަންޖެހެ އެވެ.
އެހެން ނަމަވެސް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާގައި ނުހިމަނައި މާދަމާގެ ޖަލްސާގެ އެޖެންޑާ ނެރެފައެވެ.
އެކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލިސް ގަވާއިދުގައި ކަނޑަައެޅިގެން އެޖެންޑާ ކުރަންޖެހޭ ކަމެއް ނުކޮށް މަޖިލީހުގެ އިދާރާއިން އެޖެންޑާ ނެރެ މެމްބަރުންނަށް ފޮނުވުމަކީ މުޅި މަޖިލީހަށް ގޮންޖެހުން ފަދަ ކަމެއް ކަމަށެވެ. މަޖިލީހުގެ އާންމު ކޮމެޓީން ވަގުތު ކަނޑައަޅާފައިނުވާނަމަ ދެން ކުރިއަށް ގެންދާނެ ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
އީވާގެ މައްސަލަ އެޖެންޑާގައި ހިމަނަން ކުރިން ނިންމި ނަމަވެސް އެ މައްސަލަ އެޖެންޑާއިން ނަގާފައިވަނީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް އަމީންއާންމު ވަނީ ވިދާޅުވެފައެވެ.
އީވާގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިއްމާފައެެވެ.
މަޖިލީހުގެ އަމީންއާންމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރު އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބުރައީސްގެ މައްސަލައެއް ހުށަހެޅި ނޯޓިސް ދެވި، ނޯޓިސްގެ މުއްދަތު ހަމަވެފައި ވާނަމަ އެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.
އީވާގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

Majlis gavaidhuga kanda elhigen agenda kuran jeheyne kamah oi kameh agenda nukoh majlis idhaaree in alhugandumennah maadhamaage agenda fonuvumakee mulhi majleehah gonjehun. Aanmu committee in vaguthu kanda naalhaa otheema kuriyah gendhaane gotheh nimmaanee thalhumun. SG eh noon! pic.twitter.com/de2Qu2G9Br
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) June 11, 2023
އީވާގެ މައްސަލަ އެޖެންޑާގައި ހިމަނަން ކުރިން ނިންމި ނަމަވެސް އެ މައްސަލަ އެޖެންޑާއިން ނަގާފައިވަނީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް އަމީންއާންމު ވަނީ ވިދާޅުވެފައެވެ.
އީވާގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިއްމާފައެެވެ.
މަޖިލީހުގެ އަމީންއާންމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި ވާ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރު އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބުރައީސްގެ މައްސަލައެއް ހުށަހެޅި ނޯޓިސް ދެވި، ނޯޓިސްގެ މުއްދަތު ހަމަވެފައި ވާނަމަ އެ މައްސަލާގައި ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.
އީވާގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.
ކިޔުންތެރިންގެ ހިޔާލު