ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަޤާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާނުކޮށް މަޖިލީހުގެ މާދަމާގެ ޖަލްސާ ބާއްވަން ނިންމައިފިއެވެ.
50 މެމްބަރުންގެ ސޮއާއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ. އަދި މަޖިލީހުގެ އިދާރާއިން ވަނީ އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރުމަށް މީގެކުރިން އޮތީ ނިންމާފައެވެ. ނަމަވެސް މިއަދު އެމައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.
މަޖިލީޙުގެ އަޤްލަބިއްޔަތު އޮންނަ އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހުގެ އަމީން އާއްމުއަށް އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި ވަނީ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް މާދަމާ ބާއްވާ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ މިހާރު އާއްމުކޮށްފައިވާއިރު، އީވާގެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ. އެކަމާއި ބެހޭގޮތުން މަޖިލީހުން ސީދާ ވާހަކަ ނުދެއްކިނަމަވެސް، އެމްޑީޕީގެ ޕީޖީ ގްރޫޕަށް މަޖިލީހުގެ އަމީން އާއްމު ފޮނުއްވި ސިޓީއެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސަށް ދީފައިވީނަމަވެސް އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށަހެޅިފައިނުވާކަމަށެެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބަހުސްކުރާނެ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ. ނަމަވެސް ކޮމިޓީތައް އެކުލަވާލުމުގައި އުފެދުނު ހިޔާލު ތަފާތުވުމަކާއިހެދި ކޮމިޓީތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ.
އަނެއްކޮޅުން މަޖިލިސް ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާ ޖަލްސާއެއްގައި ރިޔާސަތުގައި ނާއިބު ރައީސަކަށް ނީނދެވޭނެއެވެ. އެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓަވަންޖެހޭއިރު، މަޖިލީހުގެ ރައީސް ވަނީ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމުން ދުރަށް ވަޑައިގެންަފައެވެ.

ކިޔުންތެރިންގެ ހިޔާލު