މި ސަރުކާރުން އައްޑޫ ތަރައްގީ ކުރަނީ ވިސްނުންތެރިކަމާއެކު ހިސާބު ޖެހުމަށްފަހު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު މިހެން ވިދާޅުވީ "ގަން އެއާޕޯޓާ މެދު ހަގީގަތާ ދުރު ހުވަފެނީ ވާހަކަތަކެއް" މި ސުރުޚީގެ ދަށުން ރާއްޖޭގެ އޮންލައިން ނޫހަކުން ގެނެސްދިން ރިޕޯޓަކާއި ގުޅިގެންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ބޭފުޅުންނާއި ހަވާލާދީ އެ ރިޕޯޓްގައި ބުނެފައިވަނީ ބޮޑު ލޯނެއް ނަގައިން ގަން އެއާޕޯޓް ތަރައްގީ ކުރުމަކީ މިވަގުތަށް ކުރަންޖެހޭ ހަރަދެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ އިލްމީ ބަރުދަނެއްނެތި، އެކަށީގެންވާ މައުލޫމާތު ނުހޯދާ މައުލޫމާތު ފެތުރުމަކީ މުޖުތަމައު ވިހަކުރަން ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މި ސަރުކާރުން އައްޑޫ ސިޓީ ތަރައްގީ ކުރަނީ ވިސްނުންތެރިކަމާއެކު ހިސާބު ޖެހުމަށްފަހު ކަމަށް މޭޔަރު ވިދާޅުވިއެވެ.
"އައްޑޫ ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވިސްނުންތެރިކަމާއި އެކު ހިސާބު ޖެހިގެން ނުރުހޭ މީހުންނަށް މަންޒަރު ހިތިވާނެކަން އެގިތިބެ،" މަޖިލީހުގެ ކުރީގެ މެމްބަރުކަން ކުރެއްވި ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސް އާއެކު ސޮއިކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 5 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އައްޑޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 17 މިލިއަން ޑޮލަރު ޚަރަދު ކޮށްގެންނެވެ.
އައްޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ފައްޓަވައި ދެއްވާފައިވަނީ ދާދިފަހުން އައްޑޫ ސިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކުރެެއްވި ދަތުރުފުޅުގައެވެ.
އައްޑޫ ސިޓީއަކީ މި ސަރުކާރުން ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރާ ސިޓީއެވެ. އެގޮތުން އައްޑޫ ސިޓީގެ ތަރައްގީގެ އެކި މަޝްރޫއު ތަކަށް ސަރުކާރުން މިހާތަނަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

އިލްމީ ބަރުދަނެއްނެތި ، އެކަށީގެންވާ މައުލޫމާތު ނުހޯދާ މިފަދަ މައުލޫމާތު ފެތުރުމަކީ މުޖުތަމައު ވިހަކުރަން ކުރެވޭ މަސައްކަތެއް. އައްޑޫ ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވިސްނުންތެރިކަމާއި އެކު ހިސާބު ޖެހިގެން. ނުރުހޭ މީހުންނަށް މަންޒަރު ހިތިވާނެކަން އެގިތިބެ. https://t.co/rpr94ioxct
— Ali Nizar (@DhekunuNizar) June 11, 2023
"އައްޑޫ ތަރައްގީ ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވިސްނުންތެރިކަމާއި އެކު ހިސާބު ޖެހިގެން ނުރުހޭ މީހުންނަށް މަންޒަރު ހިތިވާނެކަން އެގިތިބެ،" މަޖިލީހުގެ ކުރީގެ މެމްބަރުކަން ކުރެއްވި ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސް އާއެކު ސޮއިކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 5 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އައްޑޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 17 މިލިއަން ޑޮލަރު ޚަރަދު ކޮށްގެންނެވެ.
އައްޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ ޓަރމިނަލް އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތައްވެސް ތަރައްޤީވެފައި ހުންނާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ފައްޓަވައި ދެއްވާފައިވަނީ ދާދިފަހުން އައްޑޫ ސިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކުރެެއްވި ދަތުރުފުޅުގައެވެ.
އައްޑޫ ސިޓީއަކީ މި ސަރުކާރުން ތަރައްގީއަށް އެންމެ ބޮޑު ހޭދައެއް ކުރާ ސިޓީއެވެ. އެގޮތުން އައްޑޫ ސިޓީގެ ތަރައްގީގެ އެކި މަޝްރޫއު ތަކަށް ސަރުކާރުން މިހާތަނަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު