ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރަޖިސްޓްރީވާންޖެހޭނީ ވޯޓުލާ ފޮށި ބަދަލުކުރާ އަދި އަލަށް ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކުރަން ޖެހޭނީ، ފުރަތަމަ ބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ފޮށި ނޫން އެހެން ފޮށްޓަކަށް ވޯޓުލާން ބޭނުން ފަރާތްތަކާއި، 18 އަހަރު ފުރިގެން އަލަށް ވޯޓުލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދޭ ފަރާތްތައް ކަމަށެވެ.

އަދި ރަޖިސްޓްރީ ކުރާނީ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިއުލާންކުރާ ގޮތެއްގެ މަތިން ކަމަށް ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު