އައްޑޫ ސިޓީގެ ބިން ހިއްކުމުގެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު ބައެއް ފަރާތްތަކުން އެސަރަހައްދުތަކުން ވެލިނެގުމުގެ މައްސަލަ ފެންމަތިވެފައެވެ.

އައްޑޫސިޓީ މަރަދޫގައި ހިއްކަމުންދާ ސަރަޙައްދުތަކުން ވެލިނަގަމުންދާ ކަމުގެ ޝަކުވާތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުގެ މަރަދޫ އަވަށު އޮފީހުން އިއްޔެ ވަނީ އެގޮތަށް ވެލިނުނެގުމަށް އިލްތިމާސްކޮށްފައެވެ.

ވެލިނެގުމަކީ މަނާ ކަމެއް ކަން ހަނދާންކޮށްދެއްވައި، އެގޮތަށް ވެލިނަގާ މީހުންނާއި މެދު ފިޔަވަޅު އެޅާނެކަން އެއިދާއިރާގެ ފޭސްބުކް ޕޭޖުގައި އާއްމުންގެ ސަމާލުކަމަށް ގެނެސްދިނިމަށް ކުރައްވާފައިވާ އެޕޯސްޓުގައި ބުނެފައިވެއެވެ.

މުޅިއައްޑޫ ސިޓީގެ ތަރައްޤީގެ ބިޔަ މަޝްރޫޢުގެ ގޮތުގައި އެސިޓީ އެކިރައްތަކުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓް އަމަލީ ގޮތުން ފަށާފައިވަނީ 28 މެއި 2023 ގައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލައިން ޑޮލްރުގެ ލައިން އޮފް ކްރެޑިކް ފެސިލީއަކުން ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. އަދި މިމަޝްރޫގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިޕްރޮޖެކްޓުގެ ތެރެއިން އެސިޓީގެ ހިތަދޫއިން 90 ހެކްޓްރުގެ ބިން، މަރަދޫ/މަރަދޫ ފޭދޫއިން 76 ހެކްޓަރުގެ ބިން ހުޅުމީދޫއިން 3 ހެކްޓަރުގެ ބިން އަދި ޓޫރިޒަމް އަށް ޚާއްސަކޮށްގެން ހުޅުމީދޫ ކައިރިން 5 ހެކްޓަރުގެ 2 ރަށާއި ޓޫރިޒަމްއަށް ޚާއްސަ 3 ހެކްޓަރުގެ 3 ރަށާއި 3.3 ހެކްޓަރުގެ 2 ރަށް ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

މިއީ އައްޑޫ ސިޓީ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އައި އުއްމީދެކެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު މިސިޓީގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަތައް އިތުރުވެފައިވާއިރު ބާރު ސްޕީޑެއްގައި މިހާރު ކުރިއަށްދާ އައްޑޫ ސިޓީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ޕްރެޖެކްޓެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު