ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވިނަމަވެސް، އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ނުވާކަމަށް މަޖިލީހުގެ އަަމީން އާއްމު ފާތުމަތު ނިޔުޝާ ވިދާޅުވެއްޖެއެވެ.
ނިއުޝާ މިހެން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީއެއްގެ ޖަވާބުގައެވެ.
މަޖިލީހުގެ އަމީން އާއްމުގެ ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ ދަށުން ކަނޑައަޅައި އެކުލަވާލެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ އެންމެހައި ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގައި އެކިއެކި ޕާޓީތައް ނިސްބަތްވެފައިވާ ގޮތް އެއީ ހަމައެއްކަމުގައި ބަލައި ހަމަކޮންމެ ކޮމިޓީއެއްގައިވެސް އެ ހަމަ ތަމްސީލުވާ ގޮތެއްގެމަތިން ކޮމިޓީ އެކުލަވާލައިގެންކަމަށެވެ. އަދ،ި މިގޮތަށް ޢަމަލުކުރުމުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްނުވާ މެންބަރުންނަށްވެސް އެކަށީގެންވާ ވަޒަންހަމަ ފުރުޞަތުތަކެއް ދޭންޖެހޭކަންވެސް ސިޓީގައިވެއެވެ.
ނިއުޝާ ވިދާޅުވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި 13 މެންބަރުން އެ ޕާޓީއިން ވަކިވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް މިހާރު ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހިންގެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ހިމެނިވަޑައިގަންނަވާ ނިސްބަތަށް އަންނަ ބަދަލުތައް މަޖިލީހުން ފާސްކުރައްވައިގެން ކަމަށް އަމީން އާއްމު ވިދާޅުވިއެވެ.
އަމީންއާއްމުގެ ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މަޖިލީހުން ފާސްކުރައްވާފައިވާ އުސޫލާ އެއްގޮތަށް ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައެޅުމަށްޓަކައި މިދިޔަމަހުގެ 23 ވަނަ ދުވަހު ވޯޓަށް އެހުމަށް އެޖެންޑާކުރިކަމަށެވެ. ނަމަވެސް އެކަން ފަސްކުރެއްވީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްގެ އެދިވަޑައިގަތުމަށް ކަމަށްވެސް އާމީންއާއްމު ވިދާޅުވިއެވެ.
"މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ހަމައަށް ބަދަލުގެންނެވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް ލީޑަރުގެ ހައިސިއްޔަތުން މަނިކުފާނު އެދިވަޑައިގެންނެވުމުން އެ ޖަލްސާގައި އެ މައްސަލައަށް ވޯޓަށް އެހުން ފަސްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރުންނާ މަޝްވަރާކުރައްވައިގެން އަލުން އެ ނިސްބަތް ކަނޑައެޅުއްވުމަށް މަޖިލީހުގެ ރައީސް ނިންމެވިކަންވެސް ފާހަގަކުރަން." އަމީން އާއްމުގެ ސިޓީގައިވެއެވެ.
މީގެއިތުރުން މަޖިލީހުގެ އިތުރު އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހެޅިފައިވާ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް ދައްކާ ވާހަކައަށްވެސް އަމީން އާއްމު ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް ހުށަހެޅިފައިވާ ދަނޑިވަޅެއްގައ،ި އެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ނޫނ،ީ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރުން ނުވަތަ ގޮތެއް ނިންމުން މަނާވެގެންވަނ،ީ އެ ޤަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ޖަލްސާއަށް އެ ޤަރާރު ހުށަހެޅުމަށްފަހުކަމަށް އަމީން އާއްމު ވިދާޅުވިއެވެ. އަދި މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ހުށަހަޅުއްވައި، އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސަށް ދީފައިވީނަމަވެސް އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އަދި ހުށަހެޅިފައިނުވާކަމަށްވެސް އެމްޑީޕީގެ ޕީޖީ ލީޑަރަށް މަޖިލީހުގެ އަމީން އާއްމު ފޮނުއްވި ސިޓީގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު