ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފަތުރުވެރިކަން ކުރިއަރުވައި، އެ ދާއިރާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ ސްކީމްތައް ތައާރަފްކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށާއި ރިޔާސީ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްުުޔާތުގައި ގާސިމް ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުތައް އިއުލާންކުރައްވާފައެވެ.
ގާސިމްގެ ވައުދުތަކުގެ ތެރޭގައި ވަކި ސިނާއަތްތައް އިތުރަށް ކުރިއެރުވުމާއި ގުޅޭ ވައުދުތައް ހިމެނޭއިރު އެމަނިކުފާނު އެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާ ފަތުރުވެރިކަމުގެ ދާއިރާވެސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.
ގާސިމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ފާގަތި ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހީންނަށް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ސްކީމެއް ތަޢާރަފުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގާސިމްގެ ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ޕްރޮޑަކްޓްތައް ތައާޜަފްކޮށް، ސިނާއަތް އިތުުރަށް ފުޅާކުރައްވާނެކަމަށް ވިދާޅުވިއެވެ.
"ފަތުރުވެރިކަމުގެ ޕްރޮޑަކްޓްސް އިތުރު ކުރުމަށް ޑައިވިންގ، ހެލްތް ޓޫރިޒަމް، އިސްލާމިކް ޓޫރިޒަމް، އެޑިއުކޭޝަނަލް ޓޫރިޒަމް، ބޯޓިންގ ޓޫރިޒަމް އަދި ލޯކަލް ޓޫރިޒަމް ފުޅާ ކުރާނަން." ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގާސިމް އިބްރާހިމް އެ ދާއިރާއަށް ނިކުމެވަޑައިގަތީ 1988 ވަނަ އަހަރުއެވެ. އަދި ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަންނަވައި، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދުގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމް ވެވަޑައިގަތެވެ.
ފަތުރުވެރިކަމުގެ ވިޔަފާރީގެ އިތުރުން، ފަތުުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރުމަށްވެސް އެމަނިކުފާނު އުފައްދަވާފައިވާ ވިލާ ފައުންޑޭޝަނާއި ވިލާ ކޮލެޖުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު