މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ނާއިބު ރައީސް އީވާ އަބްދުﷲގެ އާއިލީ މުދަލަކަށް ރައްޔިތުންގެ މަޖިލިސް ހައްދަވައިގެން ނޫޅުއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީގެ ގްރޫޕްގެ މެމްބަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒު، ގޮވާލައްވައިފިއެވެ.
ނާޝިޒު މިކަމަށް ގޮވާލައްވާފައި މިވަނީ މަޖިލީހުގެ ކޮމިޓީތައް ހުއްޓި، މަސައްކަތްތައް ހުއްޓި މަޖިލިސް ޑެކްލޮކަކަށް ގޮސްފައިވާކަމަށް ރައީސް ނަޝީދަށް ތާއީދުކުރާ މަޖިލީހުގެ ބައެއް މެމްބަަރުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ނާޝިޒު މިއަދު ވިދާޅުވީ މަޖިލިސް މަރުތަޅެއް ނޭޅޭކަމަށާއި، މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާފައިވަނީ ގަވާއިދާއި ހިލާފަށްކަމަށެވެ.
ނާޝިޒު ވިދާޅުވީ އާއްމު ކޮމިޓީ ބޭއްވުމަށްފަހު އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. ނާޝިޒުގެ ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، ނާއިބު ރައީސް އީވާ އަބްދުﷲގެ އާއިލީ މުދަލަކަށް ރައްޔިތުންގެ މަޖިލިސް ހައްދަވައިގެން ނޫޅުއްވާ، އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ހިސާބުން މަޖިލީހުގެ ކޮމިޓީތައް ހުއްޓުމަކަށް އައިސް، މުހިއްމު ކަންކަން މަޑު ޖެހުނެވެ.
މަޖިލީޙުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވާއިރު، އެ މައްސަލަ ކުރިއަށްގެންދާއިރު ދިފާއުގައި ވާހަކަ ދެއްކެވުމަށް ދެއްވާ ވަގުތު ކަނޑައަޅަންޖެހެނީ އާއްމު ކޮމިޓީންނެވެ.
މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންތަކެއް ވަކިވި ހިސާބުން މަޖިލީހުގެ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލްކުރާ އަދަދުތަކަށް އައި ބަދަލާއި އެއްގޮތަށް ކޮމިޓީތައް އެކުލަވާލަންކަމަށް ބުނެ މަޖިލީހުގެ ހުރިހާ ކޮމިޓީއެއްހެން އޮތީ ހުއްޓިފައެވެ.

Maruthalheh neylhey
— Mohamed Nashiz (@Mnashiz) June 10, 2023
- Isthiufa dhevvaa
- Committee thah huttuvaigen thi ulhuvvanee gavaidhaa khilaafah
- Aanmu committee bahdhaluvun baavvavaa
- Ithubaaru neiy kamahhuri massala thah baavvavaa
Maruthalhey kiyaigen 2 beynge aailee mudhalakah hadhaigen majlis hisoaru nukuravvaa
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ހިސާބުން މަޖިލީހުގެ ކޮމިޓީތައް ހުއްޓުމަކަށް އައިސް، މުހިއްމު ކަންކަން މަޑު ޖެހުނެވެ.
މަޖިލީޙުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވާއިރު، އެ މައްސަލަ ކުރިއަށްގެންދާއިރު ދިފާއުގައި ވާހަކަ ދެއްކެވުމަށް ދެއްވާ ވަގުތު ކަނޑައަޅަންޖެހެނީ އާއްމު ކޮމިޓީންނެވެ.
މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންތަކެއް ވަކިވި ހިސާބުން މަޖިލީހުގެ ކޮމިޓީތަކުގައި ޕާޓީތައް ތަމްސީލްކުރާ އަދަދުތަކަށް އައި ބަދަލާއި އެއްގޮތަށް ކޮމިޓީތައް އެކުލަވާލަންކަމަށް ބުނެ މަޖިލީހުގެ ހުރިހާ ކޮމިޓީއެއްހެން އޮތީ ހުއްޓިފައެވެ.
ކިޔުންތެރިންގެ ހިޔާލު