ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށް ޤާސިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ރޭ ވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އަރުވާފައެވެ. ގާސިމަށް ރިޔާސީ ޓިކެޓް އަރުވާފައިވަނީ އަލިމަސް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައެވެ. ރޭގެ ޖަލްސާއާއި ގުޅިގެން ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙުމަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށާއި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތު ނިމިފައިވަނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށެވެ.
އިލްހާމް ވަނީ ޤާސިމަށް ރިޔާސީ ޓިކެޓް އެރުވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޖުމްހޫރީ ޕާޓީ ދާނީ ފަސްބެލުމެއްނެތި، ފާޑުކިޔުންތައް ބަލައިގަންނަމުން، މާޔޫސްވުމެއްނެތި ކުރިޔަށް ކަމަށް އިލްހާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ޖުމުހޫރީ ޕާޓީން ކާމިޔާބު ކުރާނީ ރައްްޔިތުންގެ ފުރިހަމަ ތާއިދާ ފުރިހަމަ އަޣުލަބިއްޔަތާއި އެކު ކަމަށެވެ.
"ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވަކި ކުލައަކަށް، ވަކި ފިކުރަކަށް، ވަކި ވިސްނުމަކަށް، ވަކި ޕާޓީއެއް ބެލުމެއްނެތި އެންމެންނަށް ފުރުޞަތުދޭނެ ޕާޓީއެއް." ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް ވިދާޅުވިއެވެ.
މީގެއިތުރުން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް ވެވަޑައިގަންނަވާ ވައުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވައުދުތަކެއް ކަމަށެވެ. މި ޖަލްސާގައި ގާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެމަނިކުފާނު އިސްކަންދެއްވާނެ ކަންތައްތަކާއި، ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކުރަށްވާފައެވެ.
މިޖަލްސާގައި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ބޭނުންކުރާނެ "ރަސްމީ ސްލޯގަން" އާއި "ކެމްޕެއިން ލަވަ" ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފައެވެ.
ޕާޓީގެ "ރަސްމީ ސްލޯގަން" ގެ ގޮތުގައި ކަނޑައަޅާފައިވަނީ "ހާސްކަނޑާލާ! ހަމަޖެހޭނެ! ކުރިއަށް ދިވެހި ގައުމު،" މި ސްލޯގަން އެވެ.
ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގައި ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެފައި ވެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށާއި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވުނު ރަސްމިއްޔާތު ނިމިފައިވަނީ ވަރަށް ކާމިޔާބުކަމާއެކު. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން.… pic.twitter.com/PsdjD0dRVH
— Ilham Ahmed (@ilhammaldives) June 10, 2023
"ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވަކި ކުލައަކަށް، ވަކި ފިކުރަކަށް، ވަކި ވިސްނުމަކަށް، ވަކި ޕާޓީއެއް ބެލުމެއްނެތި އެންމެންނަށް ފުރުޞަތުދޭނެ ޕާޓީއެއް." ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް ވިދާޅުވިއެވެ.
މީގެއިތުރުން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް ވެވަޑައިގަންނަވާ ވައުދުތަކަކީ އަކުރުން އަކުރަށް ފުރިހަމަ ކުރެވިގެންދާނެ ވައުދުތަކެއް ކަމަށެވެ. މި ޖަލްސާގައި ގާސިމް އިބްރާހީމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެމަނިކުފާނު އިސްކަންދެއްވާނެ ކަންތައްތަކާއި، ގެންގުޅުއްވާނެ ސިޔާސަތުތައް ހާމަކުރަށްވާފައެވެ.
މިޖަލްސާގައި ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ބޭނުންކުރާނެ "ރަސްމީ ސްލޯގަން" އާއި "ކެމްޕެއިން ލަވަ" ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފައެވެ.
ޕާޓީގެ "ރަސްމީ ސްލޯގަން" ގެ ގޮތުގައި ކަނޑައަޅާފައިވަނީ "ހާސްކަނޑާލާ! ހަމަޖެހޭނެ! ކުރިއަށް ދިވެހި ގައުމު،" މި ސްލޯގަން އެވެ.
ރިޔާސީ ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގައި ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ ވަރަށް ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު