ވައްކަން ނުކޮށް ދައުލަތުގެ ފައިސާގައި ނުޖެހި ސަރުކާރު ހިންގައިދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވުމަށް އަލިމަސް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ސަރުކާރު ވެގެންދާނީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ފެންނާނެ ކޮރަޕްޝަނާއި އެންމެ ދުރު ސަރުކާރަށް ކަމަށެވެ. ދައުލަތުން ވައްކަންކޮށް، ކޮރަޕްޝަން ހިންގުމަށް އެމަނިކުފާނު ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަން ހުއްޓުވައި ދައުލަތުގެ މާލިއްޔާ އިން ލޯ ލާރިއެއް ވެސް ނުގެއްލޭ ގޮތަށް ގައުމު ހިންގާނެ ތަޖުރިބާ އެމަނިކުފާނުގެ ކިބައިގައި އެބަހުރި ކަމަށެވެ. އެގޮތުން މާލީ ވަޒީރުކަމާއި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ރާއްޖޭން ވޯލްޑް ބޭންކަށް ކަނޑައަޅާފައި ހުރި ގަވަރުނަރު ކަމާއި އައިއެމްއެފަށް ރާއްޖޭން ކަނޑައަޅާފައި ހުރި ގަވަރުނަރުކަން ކުރެއްވިއިރު ދައުލަތުގެ ފައިސާގައި ޖެހިފައި ނޯންނާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން އިސްކުރަންވީ ގައުމު ކަމަށެވެ. ތެދުވެރި އިހުލާސްތެރި އަދި ތަޖުރިބާ ހުރި ވެރިއެއް އިސްކުރުމަށް ވެސް ރައްޔިތުން އިސްކަންދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ފަރާތަކީ އެމަނިކުފާނު ކަމަށް ވެއްޖެ ނަމަ ދިވެހިން މިއަދު ތަހައްމަލު ކުރަމުންދާ ތަކުލީފުތަކުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކޮށް ނަތީޖާ ނެރެދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ޤާސިމް ވިދާޅުވީ ޕީޕީއެމާއި އެމްޑީޕީގެ ވެރިކަން ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެގޮތަށް، "ޓެސްޓު ނުކުރެވި" އޮތް ހަމައެކަނި ފިކުރަކީ ޖޭޕީ ކަމަށް ވިދާޅުވެ މި ފަހަރު އެޕާޓީ ޓެސްޓްކޮށްލުމަށް ޤާސިމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"ތިޔަ ބޭފުޅުންނަށް ޓެސްޓު ނުކުރެވި އޮތް ސިޔާސީ ފިކުރަކީ، 2008 ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރިވި ޖުމްހޫރީ ފިކުރު. އެ ފިކުރަކީ މިއަދު ރާއްޖޭގައި އަމަލުކުރާ ގާނޫނު އަސާސީއާ ވެރިކަމުގެ ނިޒާމްގެ އިންތައް ކަނޑައެޅުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވުޖޫދުކުރި ފިކުރު." އާ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރަށްވާފައިވާ ގާސިމް ވިދާޅުވި އެވެ.

Congratulations JP Presidential Candidate, Hon. Qasim Ibrahim. Insha Allah we will win the Presidential Election 2023.
— Ilham Ahmed (@ilhammaldives) June 10, 2023
My sincere thanks to everyone for last night’s successful event@qasimibrahim @JPSecretariat pic.twitter.com/uUJxxwn0nR
ޤާސިމް ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަން ހުއްޓުވައި ދައުލަތުގެ މާލިއްޔާ އިން ލޯ ލާރިއެއް ވެސް ނުގެއްލޭ ގޮތަށް ގައުމު ހިންގާނެ ތަޖުރިބާ އެމަނިކުފާނުގެ ކިބައިގައި އެބަހުރި ކަމަށެވެ. އެގޮތުން މާލީ ވަޒީރުކަމާއި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ރާއްޖޭން ވޯލްޑް ބޭންކަށް ކަނޑައަޅާފައި ހުރި ގަވަރުނަރު ކަމާއި އައިއެމްއެފަށް ރާއްޖޭން ކަނޑައަޅާފައި ހުރި ގަވަރުނަރުކަން ކުރެއްވިއިރު ދައުލަތުގެ ފައިސާގައި ޖެހިފައި ނޯންނާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުން އިސްކުރަންވީ ގައުމު ކަމަށެވެ. ތެދުވެރި އިހުލާސްތެރި އަދި ތަޖުރިބާ ހުރި ވެރިއެއް އިސްކުރުމަށް ވެސް ރައްޔިތުން އިސްކަންދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ފަރާތަކީ އެމަނިކުފާނު ކަމަށް ވެއްޖެ ނަމަ ދިވެހިން މިއަދު ތަހައްމަލު ކުރަމުންދާ ތަކުލީފުތަކުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކޮށް ނަތީޖާ ނެރެދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ޤާސިމް ވިދާޅުވީ ޕީޕީއެމާއި އެމްޑީޕީގެ ވެރިކަން ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެގޮތަށް، "ޓެސްޓު ނުކުރެވި" އޮތް ހަމައެކަނި ފިކުރަކީ ޖޭޕީ ކަމަށް ވިދާޅުވެ މި ފަހަރު އެޕާޓީ ޓެސްޓްކޮށްލުމަށް ޤާސިމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
"ތިޔަ ބޭފުޅުންނަށް ޓެސްޓު ނުކުރެވި އޮތް ސިޔާސީ ފިކުރަކީ، 2008 ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރިވި ޖުމްހޫރީ ފިކުރު. އެ ފިކުރަކީ މިއަދު ރާއްޖޭގައި އަމަލުކުރާ ގާނޫނު އަސާސީއާ ވެރިކަމުގެ ނިޒާމްގެ އިންތައް ކަނޑައެޅުމުގެ މޭސްތިރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވުޖޫދުކުރި ފިކުރު." އާ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރަށްވާފައިވާ ގާސިމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު