ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އިމްރާން ޚާންވަނީ އޭނާގެ ކުޅިވަރުގެ ޙަޔާތުގައި ދުނިޔޭގެ އެތައް ރިކޯޑެއްހަދާފަވެ. މި ފަހަރު އަނެއްކާ ކުރީގެ ބޮޑުވަޒީރު ޚާން މިވަނީ ދުނިޔޭގެ އާރިކޯޑެއްހަދާފައެވެ.

ޚާންގެ ގާނޫނީ ވަކީލު ވިދާޅުވި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އޭނާއަށް އިސްލާމް އާބާދުގެ ހައި ކޯޓުން ދިން ކަފާލަތުގެ (ބެއިލްގެ) ދަށުން ސާދަދުވަހަށް އޭނާ ހައްޔަރުކުރުންވަނީ މަނާވެފައެވެ. ހައި ކޯޓުން މިކަފާލަތު (ބެއިލް) އޭނާއަށް ދީފައިމިވަނީ އޭނާއާއި ދެކޮޅަށް އަލަށް ހުށަހަޅާފައިވާ މަރުގެ ދައުވާތަކަކާއި ގުޅިގެންނެނެވެ.

މިކަމާއި ގުޅިގެން ޓްވިޓާގައި ލިޔުއްވަމުން ޚާން ވިދާޅުވިއެވެ. "ދުނިޔޭގެ ރިކޯޑެއް މިއަދު މުގުރާލައިފިން. ކްރިކެޓަކުން ނޫން. ވިހި މައްސަލަޔަކަށް ކޯޓަށް ހާޒިރުވެގެން. އެއީ އާ ރިކޯޑެއް. މީގެ ތެރޭގައި ހުރީ މީހުން މެރުމާއި ޓެރަރިޒަމާއި ފިތުނައުފެއްދުމުގެ މައްސަލަތައް."



ޚާން ވިދާޅުވި ގޮތުގައި އޭނާޔާއި ދެކޮޅަށް ކޯޓުތަކުގައި ސަތޭކަ ފަންސާސް މައްސަލައެއް އުފުލާފައިވެއެވެ. އިރުކޮޅަކާހެން ކޯޓުތަކަށް ހާޒިރުވެސް ކުރެވެއެވެ. ނަމަވެސް މިވަގުތު ކަފާލާތުގެ ދަށުން އޭނާ ހުންނެވެވީ ޖަލާއި ދުރުގައެވެ.



ކިޔުންތެރިންގެ ހިޔާލު