ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އަމާން ބަނދަރަކަށް ރާއްޖެ ގެންދެވޭނެކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު މިއަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނެވީ ވަަރަށް ގިނަ ކަންކަމާއިމެދު ވިސްނެވުމަށްފަހު ކަމަށެވެ. ގާސިމް ވިދާޅުވީ ރައްޔިތުން އުޅޭ ދަތި ހާލަތު ފެނިވަޑައިގަންނަވާކަމަށާއި، އެކަންކަމުން ރައްޔިތުން ސަލާމަތްކޮށް، އަމާން ބަނދަރަކަށް ޤައުމު ގެންދަންޖެހޭކަމަށެވެ. ގާސިމް ވިދާޅުވީ ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އިހުލާސްތެރި ވެރިޔަކު ބޭނުންވާކަމަށެވެ.
"ޤައުމަށް މިއަދު ދިމާވެފައިވާ މައްސަލަަތައް ހައްލުކުރަން އިހުލާސްތެރި ވެރިޔަކު ހޯދަން ރައްޔިތުން ދަނީ ގޮވާލަމުން. މިނިވަންކަމަށް ބުރޫ އަރާ ކަންކަން ޤައުމުގެ އެކި ހިސާބުތަކަށް ދަނީ ފެތުރެމުން. ކަނޑުގެ ބައެއް ގެއްލުނުކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައި. ކޮރަޕްޝަން ވަނީ ހައްދު ފަހަނައަޅާފައި. ކުދި ވިޔަފާރިތައް ވަނީ ބިދޭސީންގެ އަތްދަށުގައި." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިދިޔަ 40 އަހަރު އެމަނިކުފާނު ކުރެއްވި މަސައްކަތުން އެކި ދާއިރާތަކުން އެކިގޮތްގޮތުން އެކި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ސިޔާސީގޮތުން އެމަނިކުފާނު ނުފީނާ ކަނޑެެއް ފަޅެއް މިހާރު ނޯންނާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
9 ޖޫންގައި ކެމްޕެއިން ލޯންޗުކުރި ސަބަބަށް އިޝާރާތްކުރައްވައި ޤާސިމް ވިދާޅުވީ، 9 ޖޫންއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިސްލާހީ އެޖެންޑާ އިއުލާންކުރި ތާރީހްކަމަށެވެ. އަދި އެތައް ބަޔަކު ޑިމޮކްރަސީއަށް ކުރި ދަތުރުގައި 9 ޖޫންގެ އިސްލާހީ އެޖެންޑާ މުހިއްމު ދައުރެއް އަދާކުރިކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އިސްލާހީ ބޮޑު ބަދަލެއް. ޓެކްސް ބޮޑުވެ، އާއްމު ދިރިއުޅުމުގެ ހާލަތު ދަނީ ދަށަށް، ޤައުމުގެ މިސްރާބު ބަދަލުކުރުން ލަސްވެއްޖެނަމަ އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިގެންދާނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޤައުމަށް ދިމާވެފައިވާ މައްސަލަތައް ވިސްނުންތެރިކަމާއެކު ހައްލުކޮށް، ޤައުމައިގެން ކުރިއަށްދިއުމުގެ ވިސްނުމާއި ކެރުން އެމަނިކުފާނުގެ ކިބައިގައި އެބަހުރިކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކޮށްދެއްވައި، ޤައުމު އަމާން ބަނދަރަކަށް ގެންދެވޭނެކަން ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް @qasimibrahim ޓިކެޓް އަރުވައިފި .
— 𝓢𝓱𝓾𝘈𝔂 (@ShuAyTM) June 9, 2023
މަރުހަބާ ލީޑަރ @qasimibrahim #HaaskandaalaaHamajeheyne#Qasim2023 pic.twitter.com/HgWPZ6CBA2
ގާސިމް ވިދާޅުވީ މިދިޔަ 40 އަހަރު އެމަނިކުފާނު ކުރެއްވި މަސައްކަތުން އެކި ދާއިރާތަކުން އެކިގޮތްގޮތުން އެކި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ސިޔާސީގޮތުން އެމަނިކުފާނު ނުފީނާ ކަނޑެެއް ފަޅެއް މިހާރު ނޯންނާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
9 ޖޫންގައި ކެމްޕެއިން ލޯންޗުކުރި ސަބަބަށް އިޝާރާތްކުރައްވައި ޤާސިމް ވިދާޅުވީ، 9 ޖޫންއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިސްލާހީ އެޖެންޑާ އިއުލާންކުރި ތާރީހްކަމަށެވެ. އަދި އެތައް ބަޔަކު ޑިމޮކްރަސީއަށް ކުރި ދަތުރުގައި 9 ޖޫންގެ އިސްލާހީ އެޖެންޑާ މުހިއްމު ދައުރެއް އަދާކުރިކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
"އިސްލާހީ ބޮޑު ބަދަލެއް. ޓެކްސް ބޮޑުވެ، އާއްމު ދިރިއުޅުމުގެ ހާލަތު ދަނީ ދަށަށް، ޤައުމުގެ މިސްރާބު ބަދަލުކުރުން ލަސްވެއްޖެނަމަ އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބިގެންދާނެ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ޤައުމަށް ދިމާވެފައިވާ މައްސަލަތައް ވިސްނުންތެރިކަމާއެކު ހައްލުކޮށް، ޤައުމައިގެން ކުރިއަށްދިއުމުގެ ވިސްނުމާއި ކެރުން އެމަނިކުފާނުގެ ކިބައިގައި އެބަހުރިކަމަށެވެ. އަދި އެ މައްސަލަތައް ހައްލުކޮށްދެއްވައި، ޤައުމު އަމާން ބަނދަރަކަށް ގެންދެވޭނެކަން ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު