ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓްް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް މިރޭ އަރުވައިފިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާފައިވަނީ އަލިމަސް ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމުހޫރީ ޕާޓީގެ ޓިކެޓް ޤާސިމް އިބްރާހީމަށް އެރުވުމަށް ނިއްމާފައިވަނީ އެ ޕާޓީގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.



ޖުމުހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް އަރުވާފައިވަނީ އެޕާޓީގެ ސެކްޓަރީ ޖެނެރަލް އަލީ އާރިފެވެ. ރިޔާސީ ޓިކެޓް ގާސިމަށް އެރުވުމުން އެމަނިކުފާނު ވަނީ އެކަން ގަބޫލު ފުޅުކުރަށްވާފައެވެ. ގާސިމަަށް ރިޔާސީ ޓިކެޓް އެރުވުމުގެ ކުރިން ރާއްޖޭގެ ގާނޫނު އަސާސީ ވަނީ އެމަނިކުފާނަށް ވެދުމަށް އަރުވާފައެވެ.

މިރޭގެ ޖަލްސާގައި ވަނީ ޖުމުހޫރީ ޕާޓީގެ ސޯލޯގަން އާއި ކެމްޕޭން ލަވަ އިފްތިތާޙްކޮށްފައެވެ.

ޖުމުހޫރީ ޕާޓީއަކީ ރާއްޖޭގައި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ. ޖުމްހޫރީ ޕާޓީގައި 23،000 އެއްހައި މެމްބަރުން އެބަތިއްބެވެ.

ޖުމުހޫރީ ޕާޓީގެ ސުލޯގަން އަކީ "ހާސްކަނޑާލާ ހަމަޖެހޭނެ" މިއެވެ.



ކިޔުންތެރިންގެ ހިޔާލު