ކުނި މެނޭޖްކުރުމުގެގަވާއިދާއި ޚިލާފުވެގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން، ސިޓީ ކައުންސިލު 45 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން ބުނީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް މާލެ ސިޓީ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާކަމަށެވެ. މިގޮތުން އެކަން ބެލިއިރު މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނި އަޅާފައި ހުންނަކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ލިބުމުން، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަންތަނަށްގޮސް ކުނި ނަގައި ސާފުކުރަމުން ގެންދާކަމާއި، އެފަދައިން ނަގާ ކުނި، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި މާލެ ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާކަން އެނގިފައިވާކަމަށް އީޕީއޭއިން ބުނެއެވެ.
"މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއަޅާފައިވާކަން އެކި ތާރީޚްތަކުގައި މި އެޖެންސީގެ މުވައްޒަފުން އެ ސަރަޙައްދަށް ގޮސް ބަލާ ކަށަވަރުކުރެވިފައިވޭ." އީޕީއޭގެ ބަޔާނުގައިވެއެވެ.
އީޕީއޭއިން ބުނީ މި މައްސަލައިގައި ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް ރިޢާޔަތްކޮށް މާލެ ސިޓީ ކައުންސިލްގެ އިދާރާ ސާޅީސް ފަސްހާސް ފައްސަތޭކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަމަށެވެ.
އީޕީއޭއިން ބުނީ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލާ، މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްދޭނަމަ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން ނަންގަވަންޖެހޭ ހުއްދަތައް ނަގައިގެން ކުނި މެނޭޖްކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށްވެސް ސިޓީ ކައުންސިލަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު