ސޫދާނުގެ ޚާރްތޫމްގައި ހުންނަ ސައުދީ އެމްބަސީއަށް ގެއްލުންދިން މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ސޫދާންގައި ހުންނަ ސައުދީ އެމްބަސީއާއި ސައުދީ އެމްބަސީގައި މަސައްކަތްކުރާ ސްޓާފުން ދިރިއުޅޭ ތަންތަނަށް ހަމަލާދީ ގެއްލުންދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
ސަރުކާރުގެ ބަޔާނުގައި ވަނީ ޑިޕްލޮމެޓިކް އޮފީސްތަކާއި ޑިޕްލޮމޭޓުން އުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއްކަމަށާއި، އަދި ޑިޕްލޮމެޓިކް ސްޓާފުންނަށް އަމާޒުކޮށް ހިންގާ ހަމަނުޖެހުންތައް ހުއްޓުވަންޖެހޭ ކަމަށެވެ. އަދި އެކަންކަމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން ކަނޑައެޅިގެން މަނާކޮށްފައިވާ ކަންކަންވެސް ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސަރުކާރުގެ ބަޔާނުގައި ބުނީ ހަމަޖެހުން ނަގާލުމަށް ހިންގާ މިފަދަ ކަންތައްތަކުގެ ސަބަބުން ސޫދާންގައި އުފެދިގެން އުޅޭ މައްސަލަތަކަށް ހައްލު ހޯދުމަށް ސައުދީ އަރަބިއްޔާއާއި ބައިނަލްއަޤްވާމީ މުޖްތަމަޢުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު